އަހުމަދު މަސްނޫމް   13 ފެބްރުއަރީ 2023 - 12:54
"ގްރީން ޕާޓީ އޮފް މޯލްޑިވްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަށް ދީފިއެވެ.

އައު ޕާޓީއެއް އުފެއްދުމުގެ ހުއްދަ ޖާބިރަށް ދީފައިވާއިރު އޭނާ ލީޑަރަކަށް ހުންނެވި ޑީއާރުޕީގެ މަގާމުތަކުން އޭނާ ވަނީ އިސްތިޢުފާދެއްވާފައެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ "ގްރީން ޕާޓީ އޮފް މޯލްޑިވްސް"ގެ ނަމުގައި ޕާޓީއެއް އުފެއްދުމަށް ހ. ތިމާވެށި އަބްދު ﷲ ޖާބިރަށް ހުއްދަ ދީފައިވާކަމަށެވެ.



ޕާޓީ އުފެއްދުމަށް ހުއްދަ ދިނުމުން ދެން ކުރިއަށްދާނީ ޕާޓީއަށް މެމްބަރުން ހާމަކުރުމުގެ މަސައްކަތެވެ. ޕާޓީ ރަޖިސްޓަރީކޮށްދޭނީ 5000 މެމްބަރުން ހަމަކުރުމުންނެވެ. އަދި ދައުލަތުން ޕާޓީތަކަށް ދޭ ފައިސާ ލިބޭނީ 10 ހާސް މެމްބަރުން ހަމަކުރުމުންނެވެ.

ޖާބިރު އައު ޕާޓީއެއް ހަދަން މަސައްކަތް ފަށާފައިވާއިރު އޭނާ އެންމެފަހުން ލީޑަރަކަށް ހުންނެވި ޑީއާރުޕީ އުވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ވަނީ ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު