ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބިދޭސީންނަށް އަދަބު ނުދީ، ދޫކޮށްލުމަކީ ގާނޫނުއަސާސީއާއި ގާނޫނުތަކާއި ހިލާފަށް ކުރާކަމެއްކަމަށް މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ ބޭރު ގައުމަކުން ރާއްޖެއަށް ވައިގެމަގުން އަންނަ ބިދޭސީއެއްގެ އަތުން މަސްތުވާތަކެތި ފެނިއްޖެނަމަ އެ މީހަކު ރާއްޖެއިން ފޮނުވާލުމުގެ އިޚްތިޔާރު ލިބޭ ޤަވާއިދާއި ގުޅޭގޮތުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު މަޖިލިހަށް ހުށަހެޅުއްވި މައްސަލައަށް ބަހުސްކުރައްވަމުންނެވެ.
ގާސިމް ވިދާޅުވީ ގާނޫނު އަސާސީއާއި ގާނޫނުތަކާއި ހިލާފަށް އެއްވެސް ގަވާއިދެއް ނުހެދޭނެކަމަށެވެ. އަދި ކޮންމެ ވެރިޔަކު އަމުރުކުރިނަމަވެސް ގާނޫނު އަސާސީއާއި ގާނޫނުތަކާއި ހިލާފަށް ކުރާ އަމުރަކަށްވެސް ތަބާވާން ނުޖެހޭކަމަށް ގާސިމް ވިދާޅުވިއެވެ.
"މި މައްސަލައިގެ ބޮޑުކަން އެބަ އެނގޭ ވަރަށް ސާފުކޮށް. ކޮންމެވެސް ދިމާލަކުން ކޮންމެސް ބަޔަކު ގާނޫނުއަސާސީއާއި ގާނޫނުތަކުގެ ބާރު ކަނޑުވާލައިގެންކަން. މިއީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އަޅުގަނޑުމެން ބަލަންޖެހޭ މައްސަލައެއް." ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ވެރިކަން ހިންގުމުގެ ބާރު ލިބިގެންވަނީ ގާނޫނުއަސާސީގެ ތެރެއިންކަމަށެވެ. އަދި ގާނޫނުއަސާސީއާ ހިލާފަށް އެކުލަވާލާ ގަވާއިދެއް ވާނީ ބާތިލް އެއްޗަކަށް ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ގެޒެޓުކޮށްފައިވާ އިމިގްރޭޝަންގެ އެ ގަވާއިދުގައި ބުނެފައިވަނީ ވައިގެ މަގުން ރާއްޖެއަށް އަންނަ ބިދޭސީއަކު މަސްތުވާއެއްޗެއް އެތެރެކުރަން އުޅޭކަމަށް ޝައްކުކުރެވޭނަމަ އެ މީހަކު ރާއްޖެއަށް އެތެރެވުމުގެ ހުއްދަނުދީ އަނބުރާ ފޮނުވާލުމުގެ އިޚްތިޔާރު، ކޮންޓްރޯލާ އޮފް އިމިގްރޭޝަނަށް ލިބިގެންވާ ކަމަށެވެ.
އެމްޑީޕީގެ ސިޔާސަތެއް ކަމަށްވާ، "މަސްތުވާތަކެއްޗަށް ހުޅުވި ދޮރުތައް ބަންދުކުރުމުގެ" ސިޔާސަތާ އިދިކީލި މިޤަވާއިދުގެ މައްސަލަ މަޖިލީހަށް ހުށައަޅުއްވާފައިވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފެވެ. ޙަސަން ލަތީފު ހުށައެޅުއްވި މައްސަލާގައި ބުނެފައިވަނީ، މަސްތުވާތަކެތި ޓްރެފިކްކުރާ ބިދޭސީންނަށް ހިތްވަރު ލިބޭ ގޮތަށް ސިޔާސަތު ކަނޑައަޅައި ގެޒެޓް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.
އިމިގްރޭޝަނުން ގެޒެޓްކުރި ޤަވާއިދުގައި ބުނެފައިވަނީ، ވައިގެ މަގުން ރާއްޖެއަށް އަންނަ ބިދޭސީއަކު މަސްތުވާއެއްޗެއް އެތެރެކުރަން އުޅޭކަމަށް ޝައްކުކުރެވޭނަމަ އެ މީހަކު ރާއްޖެއަށް އެތެރެވުމުގެ ހުއްދަނުދީ އަނބުރާ ފޮނުވާލުމުގެ އިޚްތިޔާރު، ކޮންޓްރޯލާ އޮފް އިމިގްރޭޝަނަށް ލިބިގެންވާ ކަމަށެވެ. އެ ޤަވާއިދުގެ ދަށުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިމީހަކު މިމަހުގެ 7ވަނަ ދުވަހު ވަނީ އަނބުރާ ޤައުމަށް ފޮނުވާލާފައެވެ.
އެގޮތުން ކަސްޓަމްސުން ވަނީ، މިމަހުގެ 7 ވަނަ ދުވަހު ގަތަރުގެ ދޯހާއިން ރާއްޖެ އައި ބްރެޒިލްގެ އުމުރުން 23 އަހަރުގެ އަންހެނެއްގެ އަތުން 2.6 ކިލޯގެ ކޮކެއިން އަތުލައިގަތުމަށްފަހު، އެމީހާ ހައްޔަރުނުކޮށް އަނބުރާ ފޮނުވާލާފައެވެ. އެމީހާ އަނބުރާ ފޮނުވާލާފައިވަނީ، ތަންފީޒީ އިދާރާތަކުގެ މަޝްވަރާއާއެކު ކަމަށްވެސް ކަސްޓަމުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު