މަސްޖިދް މަލިކް ސަލްމާން ނުވަތަ ސަލްމާން މިސްކިތުގެ އޭސީތަކަށް ދިމާވި މައްސަލަތައް ހައްލުކޮށްފިއެވެ.

ސަލްމާން މިސްކިތުގެ އޭސީތައް ހަލާކުވެފައި ހުރި މައްސަލައިގައި އިސްލާމިކް މިނިސްޓަރ އަހުމަދު ޒާހިރު މިއަދު ވަނީ މަޖިލީހަށް ހާޒިރުކޮށްފައެވެ.

މި މައްސަލައިގައި މިނިސްޓަރާ ސުވާލު ކޮށްފައިވަނީ ހެންވެއިރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒެވެ.

މެމްބަރު މުިއިއްޒުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ އެ މައްސަލަ ފުރަތަމަ ފާހަގަވީ އޮގަސްޓުމަހުގެ ތެރޭގައި ކަމަށާއި އަދި އޭރު އެ މައްސަލަ ހައްލު ކޮށްފައިވާ ކަމަށެވެ.

އޭގެ ފަހުން ނޮވެންބަރު މަހުގެ ތެރޭގައި ވެސް މައްސަލަ ޖެހި، 13 ވަނަ ދުވަހު އެއްބަސްވުމެއް ހަދައި، މިދިޔަ މަހުގެ ޖެނުއަރީގައި މަސައްކަތް ފަށައިފައިވާ ކަމަށެވެ. އަދި މިމަހުގެ ކުރީކޮޅު އެ މައްސަލަ ހައްލުކޮށްފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ސަލްމާން މިސްކިތުގެ އޭސީގައި މައްސަލަ ޖެހެން ދިމާވާ އެންމެ ބޮޑު ސަބަބަކީ އޭސީ ޔުނިޓުތަކަށް ލޮނުގެ އަސަރު ކުރުން ކަމަށް މިނިސްްޓަރ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ބިނާކުރި ސަލްމާން މިސްކިތަކީ 25 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.



ކިޔުންތެރިންގެ ހިޔާލު