މާލޭގެ ގެއެއްގެ ބެލްކަނި ވެއްޓުމުގެ ހާދިސާއެއް ހިނގީ ވައްކަން ކުރަން އުޅުނު މީހަކު ބެލްކަނިން ފުންމާލުމުންކަމަށް ޕުލުހުން ބުނެފިއެވެ.
ރޭ 11:30 ހާއިރު ވެއްޓިފައި ވަނީ މ.ނޫބަހާރުގޭގެ ބެލްކަންޏެވެ.
ފުލުހުން ބުނީ، ރޭގެ ވަގުތެއްގައި މާލޭގެ ގެއެއްގެ ބެލްކަނި ވެއްޓިފައިވަނީ ވައްކަން ކުރަން އެގެއަށް ވަތް މީހަކު ބެލްކަނިން ފުންމާލި ވަގުތުކަމަށެވެ. އަދި މިޙާދިސާގައި އަނިޔާވެފައިވަނީ ބެލްކަނިން ފުންމާލި މީހާއަށްކަމަށާއި، އޭނާއަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަކަމަށް ފުލުހުން ބުނެފައިވެއެވެ.
ނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ. ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު