އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްވުރެ ރިޔާސީ އިންތިޚާބު ރައީސް އިބްރާހިމް މުހައްމަދު ސާލިޙަށް އުނދަގޫ ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ބަލިކުރަށްވައި ރައީސް އިބްރާހިމްް މުހައްމަދު ސާލިޙު ވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ކަށަވަރު ކުރަށްވާފައެެވެ. އެކަމަށް އިޝާރަތްކުރަށްވައި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީ ރައީސް ސާލިޙު ކާމިޔާބުކުރެއްވީ ފަސޭހަކަމާއެކުގަައި ކަމަށެވެ. އަދި ވާދަވެރި އިންތިޚާބަކަށްފަހު ރައީސަށް ޕްރައިމަރީ ކާމިޔާބުކުރެވުމުން އެންމެ ބޮޑު ގޮންޖެހުމުން އަރަައިގަނެވުނީ ކަމަށް ޝަރީފް ވިދާޅުވިއެވެ.
"ޕްރައިމަރީ އަށްވުރެ ރިޔާސީ އިންތިޚާބު ރައީސަށް އުނދަގުލެއް ނުވާނެ، ރައީސް ސާލިޙުގެ ޚިދުމަތް ރައްޔިތުން ބަލައިގެންފިކަން އެއޮތީ ފެންނަން." ބޮޑު ތަފާތަކުން ޕްރައިމަރީ ރައީސް ކާމިޔާބު ކުރަށްވާފައިވާތީ އެކަމާ ގުޅިގެން ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން ޝަރީފް ވިދާޅުވީ ކޮވިޑު-19ގެ ބަލިމަޑުކަމުގެ ތެރޭގައި ރައްޔިތުންނަށް ކުރިމަތިވާނެ ދަތިތަތަކަށް ބެލުމެއް ނެތި ގައުމު ބަނގުރޫޓްކޮށްލަން މަޖިލީހުގެ ތެރެއިން ގަދަފައި ވިއްދީ ކޮންބަޔެއްކަން ރައްޔިތުންނަށް އެނގޭނެ ކަމަށެވެ. އަދި އެހާލަތުގައި ރާއްޖެއަށް ކުރިމަތިވި ސިއްހީ އިގްތިސާދީ ކާރިސާއިން ގައުމު ސަލާމަތްކޮށްދިނީ ކޮންބޭފުޅެއްކަމާއި އަދި ކޮންބަޔެއްގެ ލީޑަރޝިޕުގެ ދަށުންކަން ގައުމާއި ރައްޔިތުންނަށް ހެއު އެދޭ ކޮންމެ މީހަކަަށް ސާފުކޮށް އެނގޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެެ.
"ވެރިކަމުގެ ދަހިވެތިކަމުގައި ގައުމުގެ އިގްތިސާދު ފުނޑާލަން މަސައްކަތްކުރީ އަދި ކުރަނީ ކޮންބަޔެއްކަން ވެސް ވަރަށް ސާފު، އެހެންވެ 61 ޕަަސެންޓަށްވުރެ މަތިން އެމްޑީޕީ ޕްރައިމަރީ ފަސޭހަކަމާއެކު ރައީސް ސާލިޙު ކާމިޔާބުކުރެއްވީ،" ނިމިދިޔަ އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ސާލިޙަށް ތާއިދުކުރެއްވި ޝަރީފް ވިދާޅުވިއެވެ.

kon bayeh kaakuge leadership ge dhashunkan gaumu dheke loabivaa gaumaa rayyirhunnah heyo edhey komme meehakah varah saafu.Verikamuge dhahivethi kamuga gaumu ge iguthisaadhu fudaalan masakaiy kuree adhi kuramun dhanee konbayehkan ves saafu. Ehenve 61% ahvuren mathin 2/3
— Ibrahim Shareef (@AdduShareef) February 12, 2023
"ޕްރައިމަރީ އަށްވުރެ ރިޔާސީ އިންތިޚާބު ރައީސަށް އުނދަގުލެއް ނުވާނެ، ރައީސް ސާލިޙުގެ ޚިދުމަތް ރައްޔިތުން ބަލައިގެންފިކަން އެއޮތީ ފެންނަން." ބޮޑު ތަފާތަކުން ޕްރައިމަރީ ރައީސް ކާމިޔާބު ކުރަށްވާފައިވާތީ އެކަމާ ގުޅިގެން ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން ޝަރީފް ވިދާޅުވީ ކޮވިޑު-19ގެ ބަލިމަޑުކަމުގެ ތެރޭގައި ރައްޔިތުންނަށް ކުރިމަތިވާނެ ދަތިތަތަކަށް ބެލުމެއް ނެތި ގައުމު ބަނގުރޫޓްކޮށްލަން މަޖިލީހުގެ ތެރެއިން ގަދަފައި ވިއްދީ ކޮންބަޔެއްކަން ރައްޔިތުންނަށް އެނގޭނެ ކަމަށެވެ. އަދި އެހާލަތުގައި ރާއްޖެއަށް ކުރިމަތިވި ސިއްހީ އިގްތިސާދީ ކާރިސާއިން ގައުމު ސަލާމަތްކޮށްދިނީ ކޮންބޭފުޅެއްކަމާއި އަދި ކޮންބަޔެއްގެ ލީޑަރޝިޕުގެ ދަށުންކަން ގައުމާއި ރައްޔިތުންނަށް ހެއު އެދޭ ކޮންމެ މީހަކަަށް ސާފުކޮށް އެނގޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެެ.
"ވެރިކަމުގެ ދަހިވެތިކަމުގައި ގައުމުގެ އިގްތިސާދު ފުނޑާލަން މަސައްކަތްކުރީ އަދި ކުރަނީ ކޮންބަޔެއްކަން ވެސް ވަރަށް ސާފު، އެހެންވެ 61 ޕަަސެންޓަށްވުރެ މަތިން އެމްޑީޕީ ޕްރައިމަރީ ފަސޭހަކަމާއެކު ރައީސް ސާލިޙު ކާމިޔާބުކުރެއްވީ،" ނިމިދިޔަ އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ސާލިޙަށް ތާއިދުކުރެއްވި ޝަރީފް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު