މުއްދަތު ހަމަވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ކާޑު މި މަހުގެ ނިޔަލަށް ބޭނުން ކުރެވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން އެގޮތަށް ނިންމާފައިވަނީ އެއްގަމުގައި ދުއްވާ އުޅަނދުފަހަރުގެ ދުއްވުމުގެ ލައިސަންސްގެ ޚިދުމަތް ވަގުތީގޮތުން މަޑުޖައްސާލުމާ ގުޅިގެންނެވެ.
އެ ހިދުމަތް ވަގުތީ ގޮތުން މަޑުޖައްސާލާފައިވަނީ އަލަށް ތައްޔާރުކުރި ސޮފްޓްވެއާގެ ޚިދުމަތްތަކުގެ ތެރެއިން އެއްގަމުގައި ދުއްވާ އުޅަނދު ދުއްވުމުގެ ލައިސަންސްގެ ޚިދުމަތް ފެށުމުގެ ކުރިން ކުރަންޖެހޭ ޑޭޓާ މައިގްރޭޝަންގެ މަސައްކަތް ކުރުމަށްޓަކައި ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަލަށް ތަޢާރަފްކުރެވޭ މި ސޮފްޓްވެއާގައި ލައިސަންސަށް އެދި ހުށަހެޅުމާއި، އެންމެހާ މަސައްކަތްތައް ކުރެވިގެންދާނީ ޑިޖިޓަލްކޮށް ކަމަށެވެ. އަދި ލައިސަންސް ދޫކުރެވޭނީ ވެސް ޑިޖިޓަލްކޮށް ކަމަށާއި މިކަމުގެ ސަބަބުން ޚިދުމަތުގެ ފެންވަރު ރަނގަޅުވެ ޒަމާނީވުމުގެ އިތުރުން ރައްޔިތުންނަށް އަވަސްކަމާއެކު ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށް އެމިނިސްޓްރީން ނެރުނު ބަޔާނުގައިވެއެވެ.
މި ބަދަލާއި ގުޅިގެން މިހާރު ޕްރިންޓިންއަށް ކުރަމުންގެންދާ ހޭދަ ކުޑަވެގެން ދާނެ ކަމަށާއި ޑިޖިޓަލްކޮށް ލައިސަންސް ދޫކުރާ ގޮތަށް ބަދަލުކުރި ނަމަވެސް ކޮންމެހެން ލައިސަންސް ކާޑު ޕްރިންޓް ކޮށްގެން ގެންގުޅޭ ފަރާތްތަކަށް އެފުރުޞަތު ވެސް ފަހިކޮށް ދެވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު