ގެއްލިގެން ހޯދަމުންދާ ސ. މަރަދޫފޭދޫ ގަސްކަރަ، މުޙައްމަދު އާސިރު އިސްމާޢީލް އެންމެފަހުން ފެނިފައިވަނީ އެއަރޕޯޓް ޓާމިނަލަށް ވަންނަނިކޮށް ކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.
އާސިރު ގެއްލިގެން ފުލުހުން އާންމުކޮށް އިއުލާނު ކޮށްފައިވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ. އެދުވަހު ފުލުހުން ބުނެފައިވަނީ އާސިރު ދިރިއުޅެނީ މާލޭގައި ކަމަށާއި އެންމެ ފަހުން އޭނާ ފެނިފައިވަނީ ފެބުރުވަރީ 4 ވަނަ ދުވަހުގެރޭ 19:30 ހާއިރުކަމަށެވެ. އަދި އޭރު އޭނާ ލައިގެންހުރީ ނޫކުލައިގެ ޖީންސަކާއި ކަޅުކުލައިގެ ގަމީހެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
އޭނާ ހޯދުމަށް ކުރަމުންދާ މަސައްކަތުގެ މައުލޫމާތު ދެމުން ފުލުހުން މިއަދު ބުނީ، އޭނާ ހޯދުމަށް މާލޭގެ ވަރަށްގިނަ ސަރަހައްދުތަކުގެ ސީސީޓީވީ ކެމެރާ ފުޓޭޖުތައް ބަލާފައިވާކަމަށެވެ. އެގޮތުން ބެލިބެލުމުން، މިމަހު 4 ވަނަ ދުވަހުގެ ރޭ 19:20 އެހާއިރު ބޮޑުތަކުރުފާނު މަގު ހުޅުމާލެ ފެރީ ޓާމިނަލް ކައިރިން ހުދު ކުލައިގެ ޓެކްސީއަކަށް އަރާ މަންޒަރު ފެނިފައިވާ ކަމަށާއި އެ ޓެކްސީ ގޮސް އެއަރޕޯޓް ޓާމިނަލަށް މަޑުކުރުމުން، އާސިރު ޓެކްސީން ފައިބައިގެން ގޮސް ޓާމިނަލަށް ވަންނަ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ނަމަވެސް، އޭނާ އެއްވެސް އެއާލައިނަކުން ރާއްޖެއިން ބޭރަށް އަދި ރާއްޖޭގެ އެހެން ރަށަކަށް ދިޔަކަން ވެސް މިހާތަނަށް ބެލިބެލުމުން އެނގިފައި ނުވާކަމަށް ފުލުހުންވަނީ ބުނެފައެވެ.
ފުލުހުން ބުނީ، އާސިރު ހޯދުމަށް މާލޭގެ އިތުރު ސަރަހައްދުތަކުގެ ފުޓޭޖުތަކާއި އެއަރޕޯޓު ގެ އިތުރު ސަރަހައްދުތަކުގެ ފުޓޭޖުތައް ބެލުމުގެ މަސައްކަތް ފުލުހުން އަދިވެސް ދަނީ ކުރަމުން ކަމަށެވެ. އޭގެ އިތުރުން އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތައް މެދުވެރިކޮށްގެން ވެސް އޭނާ ހޯދުމުގެ މަސައްކަތް މެދުނުކެނޑި ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު