ޓޫރިޒަމް މިނިސްޓްރީގެ ހުއްދަ ނުހޯދައި ރިސޯޓްތަކުގެ ހިއްސާ ބަދަލުކުރެވޭގޮތަށް ޤަވާއިދު އިސްލާހުކޮށްފިއެވެ.
މި އިސްލާހު ގެނެސްފައިވަނީ ޓޫރިސްޓް ރިޒޯޓުތަކާގުޅޭ ޙައްޤުތައް ބަދަލުކުރުމާބެހޭ ގަވާއިދަށެވެ. މި ގަވާއިދު އިސްލާހުކުރުމަށްފަހު މިއަދު ވަނީ ގެޒެޓްކޮށްފައެވެ.
މި ގަވާއިދު ކުރިން އޮންނަ ގޮތުން ރިސޯޓެއް ހަދަން ރަށެއް ކުއްޔަށް ނަގާފައިވާ ކުންފުންޏެއްގެ ހިއްސާ ވިއްކާލާ ނަމަ، އިކޮނޮމިކް މިނިސްޓްރީން އެ ހިއްސާ ބަދަލުކޮށްދޭނީ ޓޫރިޒަމް މިނިސްޓްރީއަށް ފުރަތަމަ އެކަން ހުށަހަޅައި އެ މިނިސްޓްރީގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުމެއް ހުށަހެޅުމުންނެވެ.
ނަމަވެސް ޓޫރިޒަމް މިނިސްޓްރީން މިއަދު ގެޒެޓުކުރި އިސްލާހުގައި ވަނީ، ޓޫރިސްޓު ރިސޯޓު ހެދުމަށް ރަށެއް ނުވަތަ ބިމެއް ކުއްޔަށް ހިފާފައިވާ ކުންފުންޏެއްގެ ހިއްސާ ބަދަލުކުރާ ނަމަ، އެ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ހުއްދަ ލިޔުމުން ހޯދަން ޖެހޭ ގޮތަށް އޮތް މާއްދާ އުވާލާފައެވެ.
މީގެއިތުރުން ކުންފުނީގެ ހިއްސާ ބަދަލުކުރުމަށް ފަހު، ޓޫރިޒަމް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭ ގޮތަށް އޮތްއޮތުން ވެސް ވަނީ ނިމުމަކަށް ގެނެސްފައެވެ.
ކުންފުނީގެ މުއާމަލާތްތަކާއި ގުޅޭ މައުލޫމާތު ހިއްސާނުކުރިނަމަވެސް ރިސޯޓުގެ ހިއްސާ އެހެން ބަޔަކަށް ވިއްކާލާ ނަމަ، ޤަވާއިދުގައިވާ ގޮތުން އެކަން މިނިސްޓްރީއަށް އަންގަންޖެހެއެެވެ.

ކިޔުންތެރިންގެ ހިޔާލު