އައްޑޫ މަގު ހެދުމުގެ މަސައްކަތާއި ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކުރެއްވުމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަލްޗަރ މުހައްމަދު އަސްލަމް އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ.
މިނިސްޓަރ އަސްލަމް އައްޑޫ ސިޓީއަށް ވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ.
މިނިސްޓަރ އަސްލަމް އައްޑޫ ސިޓީއަށް ވަޑައިގެންފައިވާއިރު، އެމަނިކުފާނު މިއަދު ހެނދުނު ވަނީ އައްޑޫ ސިޓީގެ މަގު ހެދުމާއި ގުޅޭގޮތުން އިންޑިއާގެ ކޮންޓްރެކްޓަރު އެފްކޮންސް އާއި ޕްރޮޖެކްޓް ކޮންސަލްޓަންޓް އަދި އައްޑޫ ސިޓީ ކައުންސިލާއެކު މަޝްވަރާތައް ފައްޓަވާފައެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނާގޮތުން މިނިސްޓަރ އަސްލަމް އައްޑޫއަށް ވަޑައިގެން ބާއްވާ މަޝްވަރާތައް ވަރަށް ރަނގަޅަށް ކުރިއަށް އެބަދެއެވެ. ނަމަވެސް އެކަންކަމުގެ ތަފްސީލެއް ނުދެއްވައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިނިސްޓަރ އަސްލަމް އައްޑޫ ސިޓީގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާނެއެވެ.
އައްޑޫ މަގު ހެދުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ އިންޑިޔާގެ އެފްކޮންސް އިންފްރާސްޓަކްޗަ ލިމިޓެޑާއެެވެ. މި މަސައްކަތުގެ ތެރެއިން އައްޑޫގެ އަވަށްތަކުގެ މަގުތަކުގެ އިތުރުން ހަންކެޑެ އާއި ގައުކެނޑި ގުޅިފައި އޮތް ކޯޒްވޭ ބަދަލުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ފޭދޫ ފިޔަވައި އެހެން ހުރިހާ އަވަށެއްގައި ޖުމްލަ 103 ކިލޯމީޓަރުގެ ފެން ހިންދާ ނިޒާމް ވެސް ގާއިމުކުރަން ވަނީ ނިންމާފައެވެެ. މަގުތައް ހަދާއިރު، ހިތަދޫ، މަރަދޫ، މަރަދޫފޭދު، ފޭދޫ، ހުޅުދޫ އަދި މީދޫ ހިމެނޭ ގޮތަށް ޖުމްލަ 40 ކިލޯމީޓަރުގެ މަގުގައި ތާރު އަޅާއިރު ގާތްގަނޑަކަށް 60 ކިލޯމީޓަރުގެ މަގުގައި ސިމެންތި ސްޓެބިލައިޒްޑް ބޭސް (ސީއެސްބީ) ލެޔާ އެޅުމަށް ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ޖުމްލަ 106 ކިލޯމީޓަރުގެ މަގު ހެދުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު