ނުކުރެވޭނެކަމަށް ބުނެ ހަޖޫޖަހަން ތިއްބާ ކުޑަގިރީގެ މަސައްކަތް ނިންމާލެވިއްޖެ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިއުމަށް މި ސަރުކާރުން ތަރައްގީކުރި ކުޑަގިރި މިއަދު ވަނީ ރަސްމީކޮށް ހުޅުވާފައެވެ. ރައީސް ޞާލިޙްގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ އެ ރަށުގެ މަސައްކަތަކީ ފަހުރުވެރިކަމާއެކު ސަރުކާރުން ފާހަގަކުރާ މަސައްކަތެކެވެ.

‏ކުޑަގިރި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށްފަހު މަހްލޫފް މިއަދު ވިދާޅުވީ، މާލޭގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިއުމަށް ކުރިން ބޭނުންކުރި ކުޑަބަނޑޮސް ގެއްލުމުން، ހަމައެކަނި އޮތްގޮތަކީ ދަތުރު ދާން މާލެކައިރިން ރަށެއް ހިއްކުން ކަމަށެވެ.

އަދި ނުކުރެވޭނެކަމަށް ބުނެ ހަޖޫޖަހަން ތިއްބާ اللّٰه އިރާދަފުޅާއެކު މިއަދު މިވަނީ އެކަންވެސް ހަގީގަތަކަށްވެފައި ކަމަށް މަހްލޫފް ވިދާޅުވިއެވެ.

ރަށް ހުޅުވިނަމަވެސް ރަށުގައި މިވަގުތު ހުރީ ވަރަށް މަަދު ގަހެކެވެ. ހިއްކި ރަށެއްކަމުން ބޮޑެތި ގަސްތައް ނެތުމުން އެކަން ފާހަގަކޮށް މަހްލޫފް ވިދާޅުވީ، ދެންއޮތީ އެންމެންވެގެން އިތުރަށް ގަސް އިންދާ ކުޑަގިރި ވީހާވެސް ބޮޑަށް ފެހިކުރުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު