ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ނުދިނުމަކީ ދިވެހިންނަށް ލިބޭނެ އެންމެ ބޮޑު ހިތާމަ ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވީ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ނުދިނުމަކީ ދިވެހިންނަށް ލިބޭނެ އެންމެ ބޮޑު ހިތާމަ ކަމަށާއި މާލެ ސަރަހައްދަށް ބޭނުންވާ ކަންކަން ކޮށްދެއްވާނެ ވެރިޔަކީ ރައީސް ސޯލިހު ކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ މާލޭ ރައްޔިތުންގެ އިހުސާސްތައް އެނގިވަޑައިގެންނެވި ހަމައެކަނި ވެރިޔަކީ ވެސް ރައީސް ސޯލިހު ކަމަށެވެ. އެހެންކަމުން އެމަނިކުފާނަށް އިތުރު ދައުރެއް ނުދޭންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ސައީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އޮތްގޮތަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 2023 ވަނަ އަހަރަށް އިންތިޚާބުކުރުން، މިރަށަށް (ކުޑަގިރިއަށް) ބޭނުންވާ އިތުރު އިންފްރާސްޓަކްޗަރ އާއި އިތުރުލުއިގޮތްތަށް އަޅުގަނޑުމެންނަށް ގާއިމްކުރެވޭނީ އޭރުން، 10، 12 އަހަރުވީއިރު ކާކަށްތޯ ކެރުނީ މިކަން ކުރަން. މާލޭގެ ރައްޔިތުންގެ އިހުސާސްތައް ދެނެގަނެވުނީ ކޮންބޭފުޅަކަށްތޯ، ނޭގުނު. ހަމައެކަނި އެނގިވަޑައިގެންނެވި ބޭފުޅަކީ ރައީސް ސޯލިހް،" ރައީސް ސޯލިހް ބައިވެރިވެވަޑައިގެންނެވި އެ ރަސްމިއްޔާތުގައި ސައީދު ވިދާޅުވިއެވެ.
މީގެ އިތުރުން ސައީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ދޭން ބޭނުން ނުވަނީ ހަސަދަވެރިން ކަމަށެވެ. އެގޮތުން ފާއިތުވި 60 އަހަރު ތެރޭގައި ރާއްޖޭގެ ރައްޔިތުންނަށް ނުގެނެވޭހާ ބޮޑެތި ބަދަލުތަކާއި ލުއިތަކާއި ފަސޭހަތަކެއް ގެނައި ވެރިޔަކު، އެއްވެސް ކަމަކާ ނުލާ އެއްލާލުމުގެ ހަމައެކަނި ބޭނުމަކީ ވެސް ހަސަދަވެރިކަން ކަމަށް ސައީދު ވިދާޅުވި އެވެ.
"ކީއްވެގެންތޯ އެމަނިކުފާނު (ރައީސް ސޯލިހް) އެކަހެރިކޮށްލަން މަސައްކަތް ކުރަންވީ. ހަމައެކަނި އޮތް ކަމަކީ ބުނަން ވެސް ހެޔޮ ނުވާނެ އެކަމަކު، ޒާތީ ހަސަދަވެރިކަން. އިތުރު އެއްވެެސް ކަމެއް ނެތް. ރާއްޖޭގެ ރައްޔިތުންނަށް އުމްރާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ހިދުމަތްކޮށްދިނުމުގައި އިތުރު ދައުރަކަށް ރައީސުލްޖުމްހޫރިއްޔާ ހޮވަން ބޭނުންފުޅު ނުވާ ބޭފުޅަކީ، ބޭފުޅުންނަކީ އެއީ ހުދު ސައްތައިން ސައްތަ އެމަނިކުފާނަށް ހަސަދަވެރި ބޭފުޅުން." ރައީސް ސޯލިހާ ވާދަކުރައްވައި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު ޕްރައިމަރީން ނާކާމިޔާބުވެވަޑައިގަތުމުން މިހާރު "ފިކުރެއްގެ ދިރުން" ގެ ނަމުގައި ޕާޓީގެ ތެރޭގައި ވަކި ސިޔާސީ ހަރަކާތެއް ހިންގަވާތީ އެކަމަށް ނުސީދާކޮށް އިޝާރަތް ކުރަށްވަމުން ސައީދު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު