ތުރުކީވިލާތަށް މިދިޔަ ހަފްތާގައި ކުރިމަތިވި ބާރުގަދަ ބިންހެލުމާއި ގުޅިގެން އަނިޔާވި މީހުންނަށް ބޭނުންވާ ސިއްހީ ފަރުވާ ދިނުމަށް ރާއްޖޭގެ މަޝްހޫރު ޑޮކްޓަރު މުޙައްމަދު ޢަލީއަށް ތުރުކީ އިން ފުރަތަމަ ވެސް ކުރެއްވުނީ ތަފާތު ތަޖުރިބާއެކެވެ.
އެ ގައުމުގެ 25،000 އަށްވުރެ ގިނަ މީހުން ބިންހެލުމުގައި މަރުވެފައިވާއިރު 50،000 އަށްވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތަކާއި ޒަހަމްތައް ލިބިފައެވެ. އެ މީހުންނަށް ފަރުވާދިނުމުގެ އިންސާނީ މަސައްކަތުގައި ރާއްޖޭގެ ފަރާތުން އިސްނަގައިގެން މަސައްކަތް ކުރާ އިންޓަނޭޝަނަލް އެއިޑް ކެމްޕޭންގެ ފަރާތުން ޑރ. މުޙައްމަދު ޢަލީއާއިއެކު ޓީމެއް ވަނީ ތުރުކީއަށް ދަތުރުކޮށްފައެވެ.
ޑރ. މުޙައްމަދު ޢަލީ ފޭސްބުކްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ޓީމަށް ތުރުކީގެ ގަޒިއަންޓެޕަށް އާދެވުނީ ދަންވަރު 3:30 ގައި ކަމަށާއި އެތަނަށްގޮސް ނިދާފައި ތިއްބާ ހޭލެވުނީ ލޮޅުމެއްގެ އިހްސާސް ކުރެވިގެން ކަމަށެވެ. މުޙައްމަދު ޢަލީ ވިދާޅުވީ، އެ ލޮޅުމާއިއެކު ނިދިފިލުމާއި ގުޅިގެން މިހާރު ގެންދަވަނީ މަސައްކަތަށް ނުކުންނެވުމަށް ތައްޔާރުވެ ވަޑައިގަންވަމުން ކަމަށެވެ. އަދި ޓީމްގެ ހާލު ރަނގަޅު ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
ބާރުގަދަ ބިންހެލުންތަކާއި ގުޅިގެން އާފްޓަރޝޮކް އައުމަކީ އެފަދަ ހާދިސާތައް ހިނގާ ސަރަހައްދުތަކުގައި ހިނގާކަމެކެވެ.
މުޙައްމަދު ޢަލީގެ ޓީމްގައި ހިމެނޭ ފިޓްނަސް އިންސްޓްރަކްޓަރެއް ކަމަށްވާ މުހައްމަދު އަދީން ޢަލީ ވިދާޅުވެފައިވަނީ، އެތަނަށް ވަޑައިގެންނެވުނުއިރު ތަން އޮތީ ވަރަށް ފިނިކޮށް ކަމަށާއި މަގުތައްވެސް އޮތީ ވަރަށް ބޮޑަށް ހަލާކުވެ ދަތުރުކޮށް އުޅުން ރައްކާތެރި ނުވާވަރުގައި ކަމަށެވެ. އަދި ބައެއް އިމާރާތްތައް ވެސް ހުރީ ދެންމެދެންމެ ވެއްޓިދާނެފަދަ ހާލަތެއްގައި ކަމަށް ވެސް ވިދާޅުވިއެވެ.
ޑރ. މުޙައްމަދު ޢަލީގެ ޓީމަށް މި ކުރެވުނު ތަޖުރިބާގައި ވެސް ޑޮކްޓަރުގެ ޓީމް ތިބީ ސާބިތުކަމާއެކުއެވެ. އެއާއިއެކު ޓީމުން އެދިފައިވަނީ ބިންހެލުމުގައި ގެއްލުންވި މީހުންނަށް ކެތްތެރިކަން ދެއްވުން އެދި ދުއާ ކުރުމަށެވެ.
ތުރުކީއަށް އައި ބިން ހެލުމާއި ގުޅިގެން އެތައް ގައުމަކުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ބައެއް ގައުމުތަކުން ސިފައިންނާއި އެހީތެރިންވެސް އަންނަނީ ތުރުކީއަށް ފޮނުވަމުންނެވެ.
ބިންހެލުމާއި ގުޅިގެން 5000 އަށްވުރެ ގިނަ އިމާރާތް ވަނީ ސުންނާފަތިވެފައެވެ.

🔴ޓީމް އާއި ބިންހެލުމެއް ދިމާވެއްޖެ! (އާފްޓާރް ޝޮކް)
— International Aid Campaign (@IACMaldives) February 11, 2023
އަޅުގަނޑުމެންގެ ޓީމް އަށް ގަޒިއަންޓެޕްއަށް އާދެވުނު އިރު ގަޑިންދަންވަރު 3:30.ނިދާފައި ތިއްބާ ހޭލެވުނީ ބިންހެލުމަކައިގެން!ޓީމް މިވަގުތު ދަނީ މަސައްކަތަށް ނިކުތުމަށް ތައްޔާރުވަމުން. الحمد لله އެންމެންގެ ހާލު ރަނގަޅު. pic.twitter.com/7YbSkPAbkH
ޑރ. މުޙައްމަދު ޢަލީގެ ޓީމަށް މި ކުރެވުނު ތަޖުރިބާގައި ވެސް ޑޮކްޓަރުގެ ޓީމް ތިބީ ސާބިތުކަމާއެކުއެވެ. އެއާއިއެކު ޓީމުން އެދިފައިވަނީ ބިންހެލުމުގައި ގެއްލުންވި މީހުންނަށް ކެތްތެރިކަން ދެއްވުން އެދި ދުއާ ކުރުމަށެވެ.
ތުރުކީއަށް އައި ބިން ހެލުމާއި ގުޅިގެން އެތައް ގައުމަކުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ބައެއް ގައުމުތަކުން ސިފައިންނާއި އެހީތެރިންވެސް އަންނަނީ ތުރުކީއަށް ފޮނުވަމުންނެވެ.
ބިންހެލުމާއި ގުޅިގެން 5000 އަށްވުރެ ގިނަ އިމާރާތް ވަނީ ސުންނާފަތިވެފައެވެ.
ކިޔުންތެރިންގެ ހިޔާލު