ރާއްޖޭގެ ކުދި ސިޔާސި ޕާޓީތަކަކީ ރިޔާސީ އިންތިހާބެއް ކާމިޔާބުކުރުމުގެ ގާބިލްކަން ހުރި ޕާޓީތަކެއް ނޫންކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) ވިދާޅުވެއްޖެއެވެ.

ޝަރީފް މިއަދު ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމުގެ ފުރުސަތު އޮތީ ބޮޑު ދެ ޕާޓީ ކަމަށްވާ އެމްޑީޕީއާއި ޕީޕީއެމަށްކަމަށެވެ. އަދި ކުދި ޕާޓީތަކަށް އެ ފުރުސަތު ނެތްކަން މާޒީން ހާމަވާކަމަަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހު އޮތީ ބޮޑުތަނުން ކުރީގައި ކަމަށެވެ. އަދި ކުދި ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ފުރުސަތު ނެތްއިރު ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދު ﷲ ޔާމީން ހުންނެވީ ޝަރުއީ ބަންދެއްގައިކަމަށް ޝަރީފް ވިދާޅުވިއެވެ.



ޝަރީފް ވިދާޅުވީ މިވަގުތު އޮތް ހަމައެކަނި ޗޮއިސްއަކީ ރައީސް ސާލިހުކަމަށެވެ. އަދި ރިޔާސީ އިންތިހާބުގައި ވާދަކޮށްލެވޭނެ ކެންޑިޑޭޓެއް ރައިސް ސާލިހު ފިޔަވައި ނެތްކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ރައީސް ސާލިހަށް ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދޭން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނެކަމަށެވެ. އަދި ރައީސް ސާލީހަކީ މި ގައުމު ހިންގެވުމުގެ ގާބިލްކަން ހުރި ބޭފުޅެއްކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު