މާލެ ސަރަހައްދުގެ ރައްޔިތުން ދަތުރު ދިއުމަށް ތަރައްގީކުރީ ކުޑަގިރި ޕިކްނިކް އައިލެންޑަކީ ދުޅަހެޔޮ ބަދަހި މުޖުތަމަޢެއް ބިނާކުރަން ތަރައްގީކުރި ރަށެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
މާލެ ސަރަޙައްދުގައި ދިރިއުޅޭ ފަރާތްތައް ދަތުރުދިޔުމަށް ތަރައްޤީކުރި ކުޑަގިރި ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ގައުމުގެ ކުރިއެރުމާއި ފާގަތިކަމަށް މަސައްކަތްކުރާއިރު ދުޅަހެޔޮ ބަދަހި ޖީލެއް ބިނާކުރަންޖެހޭކަމަށެވެ. އަދި ކުޑަގިރިއަކީ އެ މަގްސަދު ހާސިލުކުރަން މުހިއްމު މަޝްރޫއެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ.
"ކުޑަގިރި ޕިކްނިކް އައިލެންޑްގެ އެންމެ ބޮޑު ބޭނުމަކީ ދުޅަހެޔޮ ބަދަހި މުޖުތަމަޢަކަށް ނަގުފަހިކުރުން. އިޖުތިމާޢީ ގުޅުމާއި މުޖުތަމަޢުގެ ހަމަޖެހުން ދެމެހެއްޓުމަކީ އަޅުގަނޑުމެންގެ މުހިއްމު އަމާޒެއް." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މާލެ ސަރަޙައްދުގެ ރައްޔިތުން ދަތުރު ދިޔުމަށް ބޭނުންކުރި ކުޑަބަނޑޮސް ނެގުމުން މިވީ 10 އަހަރުތެރޭގައި މާލެ ސަރަޙައްދުގައި ދިރިއުޅޭ ފަރާތްތައް ވަނީ ހިތްފަސޭހަ، ހިތްގައިމު މާޙައުލުން މަޙުރޫމްވެފައިކަމަށެވެ.
ރައީސް ވިދާޅުވީ ކުރިއަށްއޮތްތަނުގައި ކުޑަގިރިއަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްދެއްވާނެކަމަށެވެ. އަދި ކުޑަގިރިއާއި ޖެހިގެން ސްކޫލް ކުދިން ކޭމްޕް ކުރުމަށް ޚާއްސަ ރަށެއް ތަރައްޤީކުރުމަށް އެމަނިކުފާނު މީގެކުރިން ޢިއުލާންކުރެއްވި މަޝްރޫޢު އަވަހަށް ނިންމަވާދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އެޗްޑީސީން މިތަން ހުޅުވާ ޚިދުމަތްދޭއިރު އެރަށްޖެހޭނެ މިތަނުގައި އޮންނަން. އަޅުގަނޑުގެ އުއްމީދަކީ އަދި އިލްތިމާސަކީ މިކަން އެޗްޑީސީއިން ލަސްނުކޮށް އެޑިއުކޭޝަން އަދި ސްކޫލް ދަރިވަރުނަށް ކޮށްދިނުން." ރައީސް ވިދާޅުވިއެވެ.
ކުޑަގިރިއަށް ދަތުރުދިޔުމަށް އެޗްޑީސީންވަނީ ޚާއްސަ އުސޫލެއްވެސް އެކުލަވާލާފައެވެ. މިއުސޫލުގެ ދަށުން ސަރުކާރު ބަންދު ދުވަސްތަކުގައި އެއްވެސް ފީއަކާއި ނުލާއި ރަށަށް ދަތުރުދެވޭ ގޮތަށްވަނީ ހަމަޖައްސާފައެވެ.
ހަފްތާ ބަންދު ނޫން އަދި ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި ދަތުރު ދިޔުމަށް ޚާއްސަ ފީއެއް ދައްކަންޖެހެއެވެ.
ކުޑަގިރި މިއަދު އާންމުންނަށް ހުޅުވާލިއިރު މިއަދަށް ބުކިން ހެއްދުމަށް ހުޅުވާލީ 300 މީހުންނަށެވެ. އެހެންނަމަވެސް ކުޑަގިރި ތަރައްޤީކޮށްފައިވަނީ އެއްފަހަރާ 500 ނުވަތަ 600 މީހުންނަށް ޚިދުމަތް ދެވޭނެ ފެސިލިޓީ އާއެކު ކަމަށް އެޗްޑީސީން ހާމަކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު