ރައްޔިތުން މިއަދު ތިބީ ވަރަށް އުފަލުން ކަމަށާއި އެރަށުގެ ރައްޔިތުންގެ ވަރަށް ގިނަ މުހުތާދުތަކެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފުއްދަވައިދެއްވާފައިވާ ކަމަަށް ހޯރަފުށީ ކައުންސިލުގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން ހޯރަފުށީ ކައުންސިލުގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވީ، ރައީސް ސޯލިހްގެ ސަރުކާރަކީ އޯގާތެރި ސަރުކާރެއް ކަމަށެވެ. ރައީސް ސޯލިހް ރައްޔިތުންނަށް ކަމެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވެއްޖެނަމަ އެކަމެއް ކޮށްދެއްވާނެ ކަމަށާއި އެކަމާ މެދު ހޯރަފުށީގެ ރައްޔިތުން ޝައްކު ނުކުރާނެ ކަމަށް ވަހީދު ވިދާޅުވިއެވެ.
އެގޮތުން ރައްޔިތުންނަށް ރައީސް ސޯލިހް ކޮށްދެއްވަން ވިދާޅުވި ހުރިހާ ކަމެއް ކޮށްދެއްވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ހަގީގީ މަންޒަރުތަައް ރާއްޖޭގެ އުތުރުން ދެކުނަށް މިހާރު ވެސް ފެންނަމުންދާ ކަމަށް ވަހީދު ވިދާޅުވިއެވެ. އަދި ހޯރަފުށީގެ ރައްޔިތުންގެ ވަރަށް ގިނަ މުހުތާދުތަކެއް ރައީސް ސޯލިހް މިހާރު ވެސް ފުއްދަވައިދެއްވާފައިވާ ކަމަށް ވަހީދު ވިދާޅުވިއެވެ.
"ހޯރަފުށީ މަގުތަކުގައި ތާރު އަޅައިދޭނެކަމަށް ވިދާޅުވީ ރައީސް ސޯލިހް، އެމަސައްކަތް އެ ނިމެނީ، ހޯރަފުށީ ގޮނޑުދޮށް ހިމާޔަތްކޮށްދެއްވާނަމޭ ވިދާޅުވީ ރައީސް ސޯލިހް، އެ މަސައްކަތް އެނިންމެވީ. ހޯރަފުށީ އެއާޕޯޓު އަޅުއްވައިދެއްވާނަމޭ ވިދާޅުވީ ރައީސް ސޯލިހް. އެކަން ނިންމަވައި 48 ވަޒީފާ އުފައްދަވައި ބައި މިލިއަނެއްހާ ރުފިޔާ ރައްޔިތުންގެ ޖީބުތަކަށް އެ ވައްދަވައިދެއްވަނީ ރައީސް ސޯލިހް. ހޯރަފުށީގައި ސްވިމިންގ ޓްރެކެއް ގާއިމް ކުރެއްވީ އެމަނިކުފާނުގެ މިދައުރުގައި. ހޯރަފުށީގެ އައުޓްޑޯ ވޮލީ ކޯޓު އަޅުއްވައިދެއްވަނީ އެމަނިކުފާނުގެ މިދައުރުގައި. ހޯރަފުށީ ފުޓުބޯޅަ ދަނޑުގެ ޓާފް އަޅުއްވައިދެއްވީ އެމަނިކުފާނުގެ މިދައުރުގައި. މިހެން ގޮސް ދަންނަވަންޏާ އޮންނާނީ ވަގުތު ކުޑަވެފައި،" ހޯރަފުށީގައި ސަރުކާރު ހިންގާފައިވާ ތަރައްގީގެ ޕްރޮޖެކްޓްތަކާއި ބެހޭގޮތުން ވަހީދު ވިދާޅުވިއެެވެ.
މީގެ އިތުރުން ވަހީދު ވިދާޅުވީ މި ސަރުކާރުން ހޯރަފުށީގައި ގާއިމްކޮށްފައިވާ އެއާޕޯޓަކީ އެ ސަރަހައްދުގެ މައިދޮރޯށި ކަމަށެވެ. މި ސަރުކާރުން އެޅި އެއާޕޯޓާއެކު އެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމަށް މުހިންމު އިންގިލާބީ ބޮޑު ބަދަލެއް އައިސްފައިވާ ކަމަށް ވަހީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ސަރަހައްދުގައި ގާއިމްކޮށްފައިވާ އާރުޓީއެލް ފެރީ ނިޒާމާއެކު ހޯރަފުށީގެ އެއާޕޯޓުން މާލެ ދާން ބޭނުންވާ ފަރާތްތަކަށް ހެއު އަގުގައި ފަސޭހަކަމާއެކު އަރާމުގައި ދަތުރުފަތުރު ކުރެވޭނެ މަގު ތަނަވަސްވެފައިވާ ކަމަށެވެ. ވަހީދު ވިދާޅުވީ ހޯރަފުށީ އެއާޕޯޓަށް މިހާރު ކޮންމެ ދުވަހަކު ތިން ފުލައިޓް ޖައްސާ ކަމަށެވެ. އެއާޕޯޓު މެދުވެރިކޮށް އެ ސަރަހައްދަށް ގިނަ އަދަދެއްްގެ ފަތުރުވެރިން ޒިޔާރަތްކުރަމުންދާ ކަމަށް ވަހީދު ވިދާޅުވިއެވެ.
"ފަތުރުވެރިކަން ހޯރަފުށީގައި އަދި މި ސަރަހައްދުގައި އާލަކޮށް ދެމެހެއްޓުމަށް، ގާއިމް ކުުރުމަށް ހަމައެކަނި އަޅުގަނޑުމެންނަށް ލިބުނު މައިގަނޑު ސަބަބަކީ ހޯރަފުށީ އެއާޕޯޓް. އަދި އެ މަންޒަރުތައް ކައިރި ރަށްތަކުގެ ސަރަހައްދުން މިއަދު ފެނިގެން މިދަނީ އެމަންޒަރުތަށް ހޯރަފުށިން ފެނިގެން މިދަނީ. މިއަދު ހޯރަފުށީގައި ހަތަރު ފަސް ގެސްޓް ހައުސް އެބަހުރި. ފަތުވެރިން އެބަ ޒިޔާރަތްކުރަމުންދޭ. މައުލޫމާތު ލިބޭގޮތުގައި ފެންނަފެނުމުގައި ގެސްޓް ހައުސްތައް ފުލް. ކޮބައިތޯ ސަބަބަކީ؟ ރައީސް ސޯލިހްގެ ސަރުކާރުން ހޯރަފުށީގައި ގާއިމްކޮށްދެއްވި އެއާޕޯޓް. ކޮބައިތޯ ސަބަބަކީ އޯގާތެރި ސަރުކާރެއް އޮތުން. ރަައްޔިތުން ބޭނުންވާ ގޮތަށް އެ މުހުތާދުތައް ސަރުކާރުން ފިއްލަވައިދެއްވުން." ހޯރަފުށީ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ހޯރަފުށީ ކައުންސިލްގެ ރައީސް، ވަހީދު ވިދާޅުވީ ހޯރަފުށީގެ މަގުހެދުމުގެ އަމަލީ މަސައްކަތް ނިމޭއިރު ރައްޔިތުން އެދޭ ބަދަލުތައް ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވާ ކަމަށެވެ. އަދި އެރަށުގެ މަގުތަކުގެ ތާރު އެޅުމުގެ މަސައްކަތް ފެށީ އަޅަން ޖެހޭ މުހިންމު ކޭބަލްތަކާއި ހޮޅިތައް އެޅުމަށް ފަހު، މައްސަލަ އެއް ދިމާނުވާނެ ފަދަގޮތަކަށް ބަލައިގެން ކަމަށް ވަހީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ހޯރަފުށީގައި ހޮސްޕިޓަލެއް އަޅުއްވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ސޯލިހް ދެއްވާފައިވާ ކަމަށެެވެ. އެ ހޮސްޕިޓަލުގެ އަަމަލީ މަސައްކަތް މި ރޯދަމަހުގެ ކުރިން ފެށިގެންދާނެ ކަމަށް ވަހީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު