މާލެ ސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކުން ދަތުރު ދިޔުމަށް ހާއްސަކޮށްގެން ސަރުކާރުން ތަރައްޤީކުރި ކުޑަގިރި ރަސްމީކޮށް ހުޅުއްވާދެއްވައިފިއެވެ.
މިރަށް ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހްއެވެ.
މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއާއި ސަރުކާރުގެ އިސްވެރިންނާއި ގިނަ ޢަދަދެއްގެ ޢާއްމުން ބައިވެރިވެއެވެ.
ކުޑަގިރި ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި ނައިބު ރައީސްގެ އިތުރުން ދައުލަތުގެ އިސްވެރިންނާއި ޢާއްމުންވަނީ ކުޑަގިރީގައި ޤާއިމުކޮށްފައިވާ އެކި ކުޅިވަރުގެ ޙަރަކާތްތަކުގައި ބައިވެރިވެފައެވެ.
ކުޑަގިރި ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ކުޑަގިރިއަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ރަށެއްކަން ފާހަގަކުރައްވައި އެރަށަށް ކުޑަކުދިންނާ މުސްކުޅިންނާ ނުކުޅެދޭ ފަރާތްތަކާއި އަދި ޢާއިލާއެއްގައި ހިމެނޭ ހުރިހާ ފަރާތްތަކުންވެސް އަންނާނެކަމަށާއި ދަތުރު އަންނަ ހުރިހާ ފަރާތްތަކުން އެކަކު އަނެކަކަށް އިޙްތިރާމުކޮށް އެ ރަށަކީ އެންމެންނަށް ވެސް ހިތްފަސޭހަ ރަށެއްގެ ގޮތުގައި ދެމެހެއްޓުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ހަމަ އެހެންމެ އެމަނިކުފާނު ވަނީ ކުޑަގިރިއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތަޖުރިބާއަށް ބެލުމަށްފަހު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އެރަށުގެ ޚިދުމަތްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނަވަމުން ދިއުމަށްވެސް އެދިވަޑައިގަންނަވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ މީގެ ކުރިން ރަސްމިއްޔާތެއްގައި އެމަނިކުފާނު ވިދާޅުވެފައިވާފަދައިން ކިޔަވާކުދިން ދަތުރު އައިސް، ސްކައުޓާއި ގައިޑް ހަރަކާތްފަދަ ހަރަކާތްތަކުން ކޭމްޕްގޮސް ހެދުމަށް ކުޑަގިރިއާ ޖެހިގެން ކުޑަރަށެއް ތަރައްޤީކުރުމަށް އެޗްޑީސީއާ ހަވާލުކޮށްފައިވާކަން ވެސް ފާހަގަކުރައްވައިފައެވެ.
ކުޑަގިރިއަށް ދަތުރުދިޔުމަށް އެޗްޑީސީންވަނީ ޚާއްސަ އުސޫލެއްވެސް އެކުލަވާލާފައެވެ. މިއުސޫލުގެ ދަށުން ސަރުކާރު ބަންދު ދުވަސްތަކުގައި އެއްވެސް ފީއަކާއި ނުލާއި ރަށަށް ދަތުރުދެވޭ ގޮތަށްވަނީ ހަމަޖައްސާފައެވެ.
ހަފްތާ ބަންދު ނޫން އަދި ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި ދަތުރު ދިޔުމަށް ޚާއްސަ ފީއެއް ދައްކަންޖެހެއެވެ.
ކުޑަގިރި މިއަދު އާންމުންނަށް ހުޅުވާލިއިރު މިއަދަށް ބުކިން ހެއްދުމަށް ހުޅުވާލީ 300 މީހުންނަށެވެ. އެހެންނަމަވެސް ކުޑަގިރި ތަރައްޤީކޮށްފައިވަނީ އެއްފަހަރާ 500 ނުވަތަ 600 މީހުންނަށް ޚިދުމަތް ދެވޭނެ ފެސިލިޓީ އާއެކު ކަމަށް އެޗްޑީސީން ހާމަކުރައްވައެވެ.

Kudagiri Picnic Island officially opened by HEP Ibrahim Solih. #Urbangetaway #Aadhey #VisitKudagiri #Kudagiri @ibusolih @governmentmv @presidencymv pic.twitter.com/3hBodkVMvg
— Kudagiri Picnic Island (@KudagiriMv) February 11, 2023
ކުޑަގިރިއަށް ދަތުރުދިޔުމަށް އެޗްޑީސީންވަނީ ޚާއްސަ އުސޫލެއްވެސް އެކުލަވާލާފައެވެ. މިއުސޫލުގެ ދަށުން ސަރުކާރު ބަންދު ދުވަސްތަކުގައި އެއްވެސް ފީއަކާއި ނުލާއި ރަށަށް ދަތުރުދެވޭ ގޮތަށްވަނީ ހަމަޖައްސާފައެވެ.
ހަފްތާ ބަންދު ނޫން އަދި ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި ދަތުރު ދިޔުމަށް ޚާއްސަ ފީއެއް ދައްކަންޖެހެއެވެ.
ކުޑަގިރި މިއަދު އާންމުންނަށް ހުޅުވާލިއިރު މިއަދަށް ބުކިން ހެއްދުމަށް ހުޅުވާލީ 300 މީހުންނަށެވެ. އެހެންނަމަވެސް ކުޑަގިރި ތަރައްޤީކޮށްފައިވަނީ އެއްފަހަރާ 500 ނުވަތަ 600 މީހުންނަށް ޚިދުމަތް ދެވޭނެ ފެސިލިޓީ އާއެކު ކަމަށް އެޗްޑީސީން ހާމަކުރައްވައެވެ.
ކިޔުންތެރިންގެ ހިޔާލު