ފަނޑިޔާރުގެއަކީ ނުފޫޒުން އެއްކިބާވެގެންވާ ތަނަކަށް ހެދުމަށް ސަރުކާރާއި ގާނޫނު ހަދާ މަޖިލީހާއި ފަނޑިޔާރުގެ ވަކިވެފައި އޮންނަންޖެހޭ ކަމަށް ފަނޑިޔާރުންގެ ޖަމިއްޔާއިން ބުނެފި އެވެ.
ފަނޑިޔާރުންގެ ޖަމިއްޔާގެ އަހަރީ ބައްދަލުވުމާއި ގުޅިގެން ފަނޑިޔާރުންގެ ޖަމިއްޔާއިން ނެރުނު ރިޕޯޓްގައި ބުނެފައިވަނީ ފަނޑިޔާރުގެއަކީ ނުފޫޒުން އެއްކިބާވެގެންވާ މިނިވަން މުސްތަގިއްލު ތަނަކަށް ވާންޖެހޭ ކަމަށެވެ. އެގޮތުން ފަނޑިޔާރުގެއަކީ ނުފޫޒުން އެއްކިބާވެ މިނިވަން މުސްތަގިއްލު ތަނެއްގެ ގޮތުގައި މުޖުތަމައަށް ވެސް ފެންނަން ޖެހޭ ކަމަށާއި އެ އަސާސީ ސިފަ ފެންނާނީ ސަރުކާރާއި ގާނޫނު ހަދާ މަޖިލީހާއި ފަނޑިޔާރުގެ ވަކިވެފައި އޮތުމުން ކަމަށް ފަނޑިޔާރުން ދެކެވަޑައިގަންނަވާ ކަމަށް ޖަމިއްޔާގެ ރިޕޯޓްގައިވެއެވެ.
އެ ރިޕޯޓްގައި ބުނީ ދައުލަތުގެ އެއް ބާރުކަމުގައި ވިޔަސް ފަނޑިޔާރުންގެ މުސާރަ ކަނޑައެޅުމުގެ ބާރު މިހާރު އޮތީ މަޖިލީހަށް ކަމަށެވެ. ދައުލަތުގެ ބާރުތަކުގެ މައްޗަށް އަނެއް ބާރުގެ އަތް ނުފޯރުވުމުގެ ބޭނުމަކީ "ޗެކް އެންޑް ބެލެންސް" ނިޒާމެެއް ގާއިމުކުރުން ކަމަށް ރިޕޯޓްގައިވެއެވެ.
އެޖަމިއްޔާއިން ބުނީ ފަނޑިޔާރުންގެ އިނާޔަތްތައް މުރާޖައާކުރުމާއި އެތަނަށް ގެންނަން ޖެހޭ ބަދަލުތައް ދެނެގަތުމަށް މިނިވަން ކޮމިޝަނެއް އޮންނަން ޖެހޭ ކަމަށެވެ. ފަނޑިޔާރުންގެ ޖަމިއްޔާގެ ރިޕޯޓްގައި ބުނެފައިވާގޮތުން ފަނޑިޔާރުންގެ މިނިވަންކަން ހިމާޔަތް ކުރުމަށް ފަނޑިޔާރުންނަށް އެކަށީގެންވާ މުސާރައާއި އިނާޔަތްތަކެއް ކަށަވަރުކުރެވިފައި އޮތުން މުހިންމު ކަމަށެވެ.
އޭގެ ތެރޭގައި ޝަރުއީ ދާއިރާއަށް އެކަށީގެންވާ ވަސީލަތްތައް ހަމަޖެހި، މުވައްޒަފުންނަށް އެކަށީގެންވާ މުސާރައެއް ލިބިފައި އޮންނަން ޖެހޭ ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ. އެކަށީގެންވާ މުސާރައެއް ލިބުމަކީ ފަނޑިޔާރުންގެ ނިންމުންތަކަށް އަދި ސުލޫކަށް ނުފޫޒު ފޯރުވުމަށް އަމާޒުކޮށް، ކުރިމަތިވެދާނެ، ކޮރަޕްޓިވް އަމަލުތަކާއި ޕްރެޝަރުން ރައްކާތެރިވުމަށް އެހީތެރިވެދޭނެ ކަމެއްކަން އެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.
ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ފަނޑިޔާރުންގެ ޝަކުވާއަކީ ދިރިއުޅުމަށް ބޭނުންވާ އަސާސީ ބާވަތްތަކުގެ އަގު އަހަރުން އަހަރަށް ބޮޑުވުމާއި ކުލި ބޮޑުވަމުންދިޔަ ނަމަވެސް އެ ބަދަލުތަކާ އެއްހަމައަކުން މުސާރަ އާއި އިނާޔަތްތަކަށް ބަދަލެއް ނައުމެވެ. އެހެންވެ، އެކަމަކީ ދައުލަތުގެ އިދާރާތަކުން މިހާރުން މިހާރަށް ހައްލު ހޯދައިދޭން ޖެހޭ މައްސަލައެއް ކަމަށް ރިޕޯޓްގައި ވަނީ ބުނެފައެވެ.
އަދި ވަކި މުއްދަތެެއްގެ ތެރޭގައި ފަނޑިޔާރުންގެ މުސާރަ އާއި އިނާޔަތްތައް މުރާޖައާކުރުން ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ މައްޗަށް ލާޒިމުކޮށް ގުޅުންހުރި ގާނޫނުތަކަށް އިސްލާހު ގެންނަން ޖެހޭ ކަމަށް ފަނޑިޔާރުން ދެކެވަޑައިގަންނަވާ ކަމަށްވެސް އެ ރިޕޯޓްގައި ބުނެފައިވެއެވެ.
ފަނޑިޔާރުންނަށް އެކަށީގެންވާ މުސާރަ އާއި އިނާޔަތްތައް ހަމަޖައްސައި ނުދީ އެތައް އަހަރެއް ހޭދަވާން ދޫކޮށްލާ ނަމަ، އެކަމަކީ ފަނޑިޔާރުގޭގެ މުސްތަގިއްލުކަމަށް ލޮޅުން އަރަން ފުރުސަތުދީ ފަނޑިޔާރުން ނަޒާހާތްތެރިކަމުން އެއްކިބާވާން މަގުފަހިކޮށްދިނުން ކަމަށް އަހަރީ ރިޕޯޓްގައިވެއެެވެ.

ކިޔުންތެރިންގެ ހިޔާލު