ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ އެޑްވައިޒަރަކަށް އެޕާޓީގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ނިހާން ޙުސައިންމަނިކު އައްޔަނުކޮށްފިއެވެ.
އެޑްވައިޒަރުކަމުގެ މަގާމަށް އައްޔަނުކުރެއްވުމަށްފަހު ނިހާނަށް އެކަމުގެ ލިޔުން ހަވާލު ކޮށްދެއްވީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމެވެ.
މާމިގިލީ ދާއިރާގެ މެންބަރު، ޤާސިމް އިބްރާހީމްގެ އެންމެ އަރިސް އެއް މަގާމަށް ނިހާން އައްޔަންކޮށްފައި ވާއިރު، ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތަށް މިއަދުން ފެށިގެން ނިހާން ވެގެންދާނީ އެ ޕާޓީގެ ކައުންސިލް މެންބަރަކަށެވެ.
ނިހާނަކީ ނިމިދިޔަ ސަރުކާރުގައި ރައީސް ޔާމީނާއިއެކު މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ނަމަވެސް، އެ ވެރިކަން ނިމި މަދު ދުވަސްކޮޅެއްގެ ތެރޭގައި ނިހާން ވަނީ ސިޔާސީ ދާއިރާއިން ދުރަށްޖެހިވަޑައިގެންފައެވެ. އަދި މިފަހުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ޖޭޕީގައެވެ.
ރިޔާސީ އިންތިހާބަށް ކުޑަތަން ވަމުން އަންނައިރު، ޖުމްހޫރީ ޕާޓީން މި އިންތިހާބުގައި ކޯލިޝަނެއް ހަދާނީތޯ ނޫނީ ކޯލިޝަނެއް ނުހަދާ އަމިއްލައަށް އިންތިހާބަށް ނުކުންނާނީތޯ އަދި އޮތީ ނުނިންމައެވެ. އެކަން ނިންމާނީ ކުރިއަށް އެޕާޓީގެ ކޮންގްރެސް ގައެވެ.

ކިޔުންތެރިންގެ ހިޔާލު