މިމަހުގެ 6 ވަނަ ދުވަހު ބާރުގަދަ ބިން ހެލުމެއް އައުމާއި ގުޅިގެން ކާރިސާގެ ހާލަތެއްގައި އޮތް ތުރުކީއާއި ސީރިޔާއަށް 1 މިލިއަން މަސް ދަޅު ހަދިޔާކުރަން ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ބިން ހެލުމާއި ގުޅިގެން ތުރުކީއާއި ސީރިއާއަށް ލިބުނު ގެއްލުންތަކާއި ގުޅިގެން ދެ ގައުމުގެ ލީޑަރުންނަށް ރައީސުލްޖުމްހުރިއްޔާ ތައުޒިޔާގެ މެސެޖް ފޮނުއްވާފައިވާ ކަމަށެވެ.
ރައީސް އޮފީހުން ބުނީ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިވުމަށް ކުރާ މަސައްކަތަށް ދިވެހި ރައްޔިތުންގެ ފަރާތުން ތުރުކީއާއި ސީރިޔާއަށް 1 މިލިއަން މަސް ދަޅު ހަދިޔާކުރަން ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ނިންމަވާފައިވާކަމަށެވެ. އެގޮތުން ކޮންމެ ގައުމަކަށް 500 ހާސް މަސް ދަޅު ފޮނުވަން ނިންމާފައިވާކަމަށް ރައީސް އޮފީހުން ބުންޏެވެ.
ތުރުކީއަށް އައި ބިން ހެލުމާއި ގުޅިގެން އެތައް ގައުމަކުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ބައެއް ގައުމުތަކުން ސިފައިންނާއި އެހީތެރިންވެސް އަންނަނީ ތުރުކީއަށް ފޮނުވަމުންނެވެ.
ތުރުކީއާއި ސީރިޔާއަށް އައި ބިން ހެލުމުގައި 12 ހާހަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި 5000 އަށްވުރެ ގިނަ އިމާރާތް ވަނީ ސުންނާފަތިވެފައެވެ.

Following the devastation caused by the earthquake in Türkiye and Syria, President @ibusolih has sent messages conveying his condolences to the leaders of both countries.
— Miuvaan Mohamed (@MvSpokesperson) February 10, 2023
ތުރުކީއަށް އައި ބިން ހެލުމާއި ގުޅިގެން އެތައް ގައުމަކުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ބައެއް ގައުމުތަކުން ސިފައިންނާއި އެހީތެރިންވެސް އަންނަނީ ތުރުކީއަށް ފޮނުވަމުންނެވެ.
ތުރުކީއާއި ސީރިޔާއަށް އައި ބިން ހެލުމުގައި 12 ހާހަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި 5000 އަށްވުރެ ގިނަ އިމާރާތް ވަނީ ސުންނާފަތިވެފައެވެ.
ކިޔުންތެރިންގެ ހިޔާލު