އަމީނީ މަގުގެ މަސައްކަތް ކުރިއަށްގެންދާގޮތުން މަގުގެ ޓްރެފިކަށް ދާއިމީ ދަތިކަމެއް އަންނާނެކަމަށް މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީގެ މޭޔަރ ވިދާޅުވީ އަމީނީ މަހުގެ މަސައްކަތް ލަސްކޮށް ކުރިއަށްދާއިރު އެ މަސައްކަތް ހަވާލުކޮށްފައިވަނީ އަގުބޮޑުކޮށްކަމަެވެ.

މުއިއްޒު ވިދާޅުވީ މަގު ހަދަމުންދަނީ މަގު ކުރިން އޮތް ވަރަށްވުރެ ހަނިކޮށްކަމަށެވެ. އަދި އެކަމުގެ ސަބަބުން ޕަބްލިކް ޓްރާންސްޕޯޓް ބަސްތައް އަދި ދެ ކޮޅަށް ދުއްވާ ޓްރެފިކަށް ދާއިމީ ދަތިކަމެއް ކުރިމަތިވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.



މާލޭގެ އަމީނީ މަގުގެ ހެދުމުގެ މަސައްކަތް ކުރަނީ އާރުޑީސީންނެވެ. މި މަސައްކަތުގެ ދަށުން މިހާރު ކުރިއަށްދަނީ 4 ވަނަ ސެގްމަންޓްގެ މަސައްކަތެވެ.

ސަރުކާރުން ބުނާ ގޮތުގައި އަންނަ ސެޕްޓެމްބަރުމަހަށް އަމީނީ މަގު ޒަމާނި ފެންވަރަށް ހެދުމުގެ މަސައްކަތް ނިމޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު