އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން 4 ވަނަ ސެގްމަންޓުގެ މަސައްކަތް ފަށައިފިއެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރުޑީސީން އަމީނީ މަގު ހެދުމުގެ މަސައްކަތް ފެށީ މިދިޔަ ސެޕްޓެމްބަރުމަހުގެ 12 ވަނަ ދުވަހުއެވެ.
މި މަސައްކަތް 13 ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާއިރު މިހާރު ވަނީ 3 ސެގްމަންޓްގައި ތާރުއެޅުން ނޫން ހުރިހާ މަސައްކަތެއް ނިންމާފައެވެ. އަދި މިއަދު ވަނީ 4 ވަނަ ސެގްމަންޓްގެ މަސައްކަތް ފަށާފައެވެ. މި ސެގްމަންޓްގައި ހިމެނެނީ އަމީނީ މަގުގެ ސްޓެލްކޯއިން ފެށިގެން އެވިޑް ކޮލްޖްއާ ހަމައަށެވެ.
އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މުޅި މި މަޝްރޫޢުގައި 1.79 ކިލޯމީޓަރުގެ މަގު ހަދާނެއެވެ. އަދި މާރިޗުމަހުގެ ތެރޭގައި އަމީނީ މަގުގައި ތާރު އަޅަން ފެށޭނެކަމަށް އާރް.ޑީ.ސީން ބުނެއެވެ.
މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރަރސްޓްރަކްޗަރ މުޙައްމަދު އަޞްލަމް ވަނީ އަމީނީމަގު ތަރައްޤީކުރުމުގެ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރު މަހަށް ނިމޭނެކަމަށް ވިދާޅުވެފައެވެ.

އަމީނީމަގު ސެގްމަންޓް 2 އަދި 3 ގައި ތާރު އެޅުން ފިޔަވައި އެހެން މަސައްކަތްތައް ނިންމާލުމަށްފަހު ސެގްމެންޓް 4 ގައި ފެނާ ނަރުދަމާ އެޅުމުގެ މަސައްކަތްތައް ކުރަން މިހާރުވަނީ ފެށިފައި. #TeamRDC pic.twitter.com/85kWgy1LEZ
— Road Development Corporation Ltd (@rdcmaldives) February 9, 2023
އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މުޅި މި މަޝްރޫޢުގައި 1.79 ކިލޯމީޓަރުގެ މަގު ހަދާނެއެވެ. އަދި މާރިޗުމަހުގެ ތެރޭގައި އަމީނީ މަގުގައި ތާރު އަޅަން ފެށޭނެކަމަށް އާރް.ޑީ.ސީން ބުނެއެވެ.
މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރަރސްޓްރަކްޗަރ މުޙައްމަދު އަޞްލަމް ވަނީ އަމީނީމަގު ތަރައްޤީކުރުމުގެ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރު މަހަށް ނިމޭނެކަމަށް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު