ޝަރުއީ ދާއިރާއިން އަބަދުވެސް މަސައްކަތް ކުރާނީ ޤާނޫނު އަސާސީއާއި ގާނޫނީ ވެރިކަން ނަގަހައްޓައި ކަށަވަރުކޮށްދީ ރައްޔިތުންނަށް އަވަސްކަމާއެކު އަދުލު ލިބިދިނުމުގައި ދެމިތިބުމަށްކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުދާން ވިދާޅުވެއްޖެއެވެ.
ޤަޞައީ އަހަރު 2023 އިފްތިތާހުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަނަށް އިސްލާހު ގެނެސް ޤާނޫނު އަސާސީއާއި ގުޅުންހުރި ޤާނޫނުތަކަށް ބަދަލު ގެނައުމަށް ސަރުކާރުން ނިންމާފައިވާ ނިންމެވުމަށް މަރުހަބާ ވިދާޅުވެފައެވެ. އަދި އެކަމުގެ ސަބަބުން މިއަހަރަކީ ޝަރުއީ ދާއިރާގެ ނިޒާމީ ބޮޑު ބަދަލަކަށް މިސްރާބު ޖަހާފައިވާ އަހަރެއްކަން އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވިއެެވެ.
"މިއަހަރުގެ ތެރޭގައި ޖުޑިޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާގޮތް ބަދަލު ކުރެއްވުމަށް ޤާނޫނު އަސާސީއާއި ގުޅުންހުރި ޤާނޫނުތަކަށް ބަދަލު ގެންނެވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާނުގައި ހާމަ ކުރައްވާފައިވާތީވެ، އެކަމަށް މަރުހަބާ ކިޔަން." އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ގާނޫނީ ނިޒާމު ތަރައްޤީވެ ކުރިއަރައިގެން ދާވަރަކަށް އެނިޒާމުގެ މަޤްސަދު ހާސިލް ކުރެވޭނީ ޤާނޫނުތައް ތަންފީޒު ކުރުމަށް ތިއްބެވި ބޭފުޅުން އެކަމަށް އަހުލުވެރިވެގެންކަމަށެވެ. އެގޮތުން ފަނޑިޔާރުންގެ އިލްމީ ގާބިލްކަން އިތުރު ކުރުމަށް ފާއިތުވި ގިނަ މަސައްކަތްތަކެއް ކުރެވޭކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
އުއްތަަމަފަނޑިޔާރު ވިދާޅުވީ ޝަރުއީ ދާއިރާއިން އަބަދުވެސް މަސައްކަތް ކުރާނީ ޤާނޫނު އަސާސީއާއި ގާނޫނީ ވެރިކަން ނަގަހައްޓައި ކަށަވަރުކޮށްދީ، ރައްޔިތުންނަށް އަވަސްކަމާއެކު އަދުލު އިންސާފު ލިބިދިނުމުގައި ދެމިތިބުމަށްކަމަށެވެ.
މި ރަސްމިއްޔާތުގައި ފަނޑިޔާރުންގެ ތެރެއިން ރިޓަޔާ ކުރެއްވި ފަނޑިޔާރުންނަށް މެޑެއްޔާއި، ޝަރަފްގެ މުގުރު އަރުވާފައިވާއިރު ޝަރުއީ ދާއިރާގައި 35 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި 40 މުވައްޒިފެއްގެ އަގުވަޒަން ހަނދާނީ ފިލާ ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު