ތިލަފުށިން ބިދޭސީންނަށް ބިން ވިއްކަން ސަރުކާރުން ނޫޅޭ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، ތިލަފުށިން ބިދޭސިންނަށް ބިން ވިއްކަން ސަރުކާރުން ނޫޅޭ ކަމަށެވެ. މިއުވާން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އުޅެނީ ކަންކަން ރައްޔިތުންނަަށް އޮޅުވާލަން ކަމަށާއި ތިލަފުށިން ބިން ނުވިއްކާ ކަަމަށެވެ.
އެހެން ނަމަވެސް ތިލަފުށީގެ ބިން ބިދޭސީންނަށް 99 އަހަރަށް ކުއްޔަށް ދިނުމަަށް ސަރުކާރުން ނިންމާފައިވާ ކަމަށް މިއުވާން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ބިދޭސީންނަށް ބިން ކުއްޔަށް ދޫކުރި ނަމަވެސް އެ ބިން މިލްކު ނުކުރެވޭނެ ކަމަށެވެ. އެކަން ގާނޫނު އަސާސީގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށް މިއުވާން ވިދާޅުވިއެވެ.
މީގެ އިތުރުން މިއުވާން ވިދާޅުވީ ބޭރުގެ އިންވެސްޓަރުން ވެސް ރާއްޖެ އަންނައިރު އެ މީހުންނަށް ބިމެއް ލިބެންޖެހޭނެ ކަމަށެވެ. އަދި ރާއްޖޭގައި ރިސޯޓު ހަދަން ވެސް ބޭރުގެ ފަރާތްތަކަށް ދިގު މުއްދަތުތަކަށް މިހާރު ވެސް ބިން ދޫކުރަމުންދާ ކަން މިއުވާން ފާހަގަކުރެއްވިއެވެ. މިއުވާން ވިދާޅުވީ ތިލަފުށިން ދޫކުރާ ބިންތަކުން 90 އިންސައްތަ ބިން ވިއްކަނީ ދިވެހިންނަށް ކަމަށެވެ.
"ރާއްޖޭގެ ރިސޯޓްތަށް ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ 99 އަހަރަށް 49 އަހަރަށް 50 އަހަރަށް ވެސް ކުއްޔަށް ނަގާ ހަމަ ބޭރުގެ އިންވެސްޓަރުން ހަމަ އެއީ، ރިސޯޓް ވިއްކާލަނީކީ ނޫނެއް ނޫންތޯ އެއީ އެގޮތުން ހަމަ ރާއްޖޭގެ ސިނާއީ މަސައްކަތް ކުރާ ރަށަކުން ބިމެއް ކުއްޔަށް ދޫކުރާ ވާހަކަ މި ދައްކަނީ. ދެން ސިޔާސީ ބޭނުމަކަށް ބައެއް ބޭފުޅުން އެކަން އޮޅުވާލަން މަސައްކަތް ކުރި ނަމަވެސް، ސިޔާސީ ބައެއް ބޭފުޅުން އެ ވާހަކަ އެ ދައްކަވަނީ. އެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ރާއްޖޭގެ ބިމެއް އެ ގޮތަކަށް ބޭރުގެ ފަރާތަކަށް މިލްކެއް ނުކުރެވޭނެ ކަން، އެބޭފުޅުން ރައްޔިތުންނަށް އޮޅުވާލަން އެގޮތަށް އެ ވިދާޅުވަނީ." މިއުވާން ވިދާޅުވިއެވެ.
ބީލަން އުސޫލުން، 99 އަހަރަށް ބިދޭސީންނަށް ތިލަފުށިން ބިން ވިއްކަން ސަރުކާރުން މިހާރު ވަނީ އިއުލާންކޮށްފައެވެ. ސިނާއީ މަސައްކަތަށް ތިލަފުށިން ބިން ވިއްކާގޮތުގެ އުސޫލެެއް ވެސް މިހާރު ވަނީ އާންމުކޮށްފައެވެ. އެޗްޑީސީން އާންމުކުރި އުސޫލުގައި ބުނެފައިވަނީ ބިދޭސީންނަށް ބިން ކުއްޔަށް ދޫކުރަނީ 99 އަހަރަށް ކަމަށެވެ. އަދި ބީލަން ކާމިޔާބު ކުރަނީ ދިވެހި ކުންފުންޏެއް ނަމަ ބިން މިލްކު ކުރެވޭނެ ކަމަށާއި ބީލަން ހުށަހެޅޭ އެންމެ ދަށް އަގަކީ އަކަފޫޓަކަށް 1،700 ރުފިޔާ ކަމަށް އެ އުސޫލުގައި ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު