ހުޅުމާލެ ކޮމިއުނިޓީ އެލައެންސް އަދި އެމް.އެން.ޑީ.އެފް ފަޔާ އެންޑް ރެސްކިއު ސާވިސް އަދި ވިލާ މާޓާއި ގުޅިގެން އަލިފާނުގެ ހާދިސާއެއްގައި އަމަލު ކުރަންވީ އަސާސީ މިންގަނޑުތައް ކިޔައިދޭ ތަމްރީނު ޕްރޮގްރާމެއް ހިންގައިފިއެވެ.

މިޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ ހުޅުމާލޭގެ ހިޔާ ފްލެޓް ތަކުގައި ދިރިއުޅޭ އަންހެން ކަނބަލުންނަށް  ހާއްސަކޮށެވެ.

ފަހަކަށް އައިސް ހިޔާ ފްލެޓުތަކުގައި ދިމާވާ އަލިފާނުގެ ހާދިސާތައް އިތުރުވުމުގެ ސަބަބުން މިފަދަ ޓްރެއިނިންގްތައް ހިންގުމަކީ މުހިމު ކަމެކެވެ. އަލިފާނުގެ ހާދިސާއެއް ހިނގުމަށް މެދުވެރި ވާނެ ކަންކަން ދެނެގަނެ، އެފަދަ އެމަޖެންސީ ހާލަތެއް ކުރިމަތި ވެއްޖެނަމަ ކަންކުރަންވީ އެންމެ ރައްކާތެރި ގޮތް އެނގުމަކީ މީހެއްގެ ފުރާނަވެސް ސަލާމަތްކުރެވޭނެފަދަ މުހިއްމު ކަމެކެވެ. ނަތީޖާއަކީ ދިރިއުޅޭ އާންމު މުޖަތަމައު، ގެދޮރު އަދި މަސައްކަތް ކުރާ ތަންތަން އަލިފާނުގެ ހާދިސާއަކުން ރައްކާތެރިވުމެވެ. އަދި އެފަދަ ހާދިސާއަކުން ރައްޔިރުންނަށް ލިބިދޭ ގެއްލުންތައްވެސް އުނިކުރުމެވެ.

 

އަލިފާނުގެ ހާދިސާއަކުން ރައްކާތެރިވުމަށް ބޭއްވި ޓްރެއިނިންގެ ހިންގާފައި ވަނީ 4 ފެބްރުއަރީ 2023 ވީ ހޮނިހިރު ދުވަހު މެންދުރު 2:00 އިން 6:00 އަށް ހިޔާ ފްލެޓްގެ އެޗް 14 ޓަވަރުގެ ގްރައުންޑް ފްލޯގައެވެ. މި ޓްރެއިނިންގް ގެ ބައިވެރިންނަށް އާންމު ގޮތެއްގައި އަލިފާނުފެ ހާދިސާއެއް ހިނގަން މެދުވެރިވާ ސަބަބުތައް، އަލިފާން އެންމެ ފަސޭހައިން ފެތުރޭ ގޮތްތައް، އަލިފާން ނިއްވާނެ ގޮތްގޮތް، އަލިފާން ނިއްވަން ބޭނުންކުރާ ފީފާގެ ވައްތަރުތައް އަދި އަލިފާން ނިއްވަން ބޭނުންކުރާ ރަޖާ ނުވަތަ ފޮތީގެ ވައްތަރުތައް ވަނީ ކިޔައިދީފައެވެ. އަދި މީގެ އިތުރުން އެފަދަ ހާދިސާއަކުން ސަލާމަތާއެކު ދުރަށް ދިއުމަށް އެންމެ ފަސޭހަ އަދި ރައްކާތެރި ގޮތްތައްވެސް ވަނީ ކިޔަދީފައެވެ.

މި މައުލޫމާތަކީ ކުއްލިޔަކަށް ނޭނގި ހުއްޓާ ދިމާވާ އަލިފާނުގެ ހާދިސާއަކުން ރައްކާތެރިވުމަށް އެޅޭނެ ވަރަށް ބޮޑު ފިޔަވަޅެކެވެ. ހާއްސަގޮތެއްގައި ބޮޑު އާބަދީއެއް އެއް ސަރަހައްދެއްގައި ދިރިއުޅުމުގެ ސަބަބުން އަލިފާނުގެ ހާދިސާތައް ހިނގުން އެކަށީގެންވެއެވެ. 

 

50 އަށްވުރެ ގިނަ މީހުން ބައިވެރިވި މި ޓްރެއިނިންގް ގެ މައި ސްޕޮންސަރަކީ ވިލާ މާޓެވެ. ވިލާ މާޓް އަކީ މިފަދަ ޓްރެއިނިންގް ތަކާއި އިވެންޓްތައް ހިންގުމަށް ބޮޑު އެއްބާރުލުމެއް ދޭ ކުންފުންޏެކެވެ. އަދި ވީހާވެސް ގިނަ ބަޔަކަށް ފައިދާހުރި ގޮތަކަށް މިފަދަ ޓްރެއިނިންގްތައް ހިންގައި، އާންމުންނަށް ބޭނުންވާނޭ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ ކުރިޔަށް އޮތްތާގައިވެސް ވިލާ މާޓްގެ އަމާޒެވެ. އެގޮތުން ހުޅުމާލެ ފޭސް 2 ގައި ހިޔާ ފްލެޓް އެޗް 14 ޓަވަރުގައި ހުޅުވި ވިލާ މާޓަކީ މިވަގުތު ހުޅުމާލެ ފޭސް 2 ގައި ހުރި މަދު ސުޕަމާކެޓް ތަކުގެ ތެރެއިން ސުޕަމާކެޓެކެވެ.

ދިގުދެމިގެންދާގޮތުގައި ފައިދާހުރި ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދޭން އަބަދުވެސް މަސައްކަތްކުރާ ވިލާ މާޓަކީ ރާއްޖެއަށް ކުރިން ތައާރަފް ނުކުރާ ބްރޭންޑްތަކުގެ ތަފާތު، ފައިދާހުރި އަދި ކޮލިޓީ ތަކެތި އެތެރެކޮށް ވިއްކާ ކުންފުންޏެކެވެ. އަދި މީގެ އިތުރުން ތިމާވެށި ރައްކާތެރިކުރުމަށްވެސް ބޮޑު އިސްކަމެއް ވިލާ މާޓުން ދެއެވެ. 


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން