ތިލަފުށިން 99 އަހަރަށް ބޭރުގެ ފަރާތްތަކަށް ބިން ކުއްޔަށްދޭން ސަރުކާރުން ހުޅުވާލި މައްސަލައިގައި އިދިކޮޅު ކޮންގްރެސް ކޯލިޝަނުން އިހުތިޖާޖަށް ނުކުންނަން ނިންމާފައިވާކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.
ޕީޕީއެމުން ބުނީ، ގަވާއިދާއި ހިލާފަށް ބިދޭސީންނަށް ރާއްޖެއިން ދޫކުރާ ބިންތައް ޕީޕީއެމް ޕީއެންސީގެ ވެރިކަމެއްގައި އަތުލާނެ ކަމަށެވެ. އަދި މިކަމާ ދެކޮޅަށް ފެބްރުއަރީ 17 ވާ ހުކުރު ދުވަހު އެ ކޯލިޝަނުން އިހްތިޖާޖު ކުރުމަށް ނިންމާފައިވާ ކަމަށް ވަނީ ބުނެފައެވެ.
ތިލަފުށީގެ ބިމުގެ ދަތިކަން ހައްލު ކުރުމަށް 150 ހެކްޓަރުގެ ބިން ހިއްކަން ހަމަޖެހިފައިވާއިރު އެ މަޝްރޫއުގެ ދަށުން 57 ބިމަށް ކުރިމަތިލުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ.
އަލަށް ހިއްކާ ބިމުގެ 90 ޕަސަންޓު ދިވެހި ވިޔަފާރިތަކަށް ހާއްސަ ކުރިނަމަވެސް ބާކީ 10 ޕަސަންޓް ބިން ވިއްކަން ހަމަޖެހިފައިވަނީ ބޭރުގެ ފަރާތްތަކަށެވެ. ބޭރު ކުންފުނިތަކަށް ބިން ދޫކުރަން ހަމަޖެހިފައިވަނީ 99 އަހަރަށް ކުއްޔަށެވެ. މި ނިންމުމާއިއެކު އެޗްޑީސީ އާއި ސަރުކާރަށް ދަނީ ބޮޑެތި ފާޑުކިއުންތަކެއް އަމާޒު ވަމުންނެވެ.
މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށްވެސް އިއްޔެވަނީ މައްސަލައެއް ވައްދާފައެވެ. ނަމަވެސް، އެ މައްސަލަ ސަރުކާރަށް ތާއީދުކުރާ މެންބަރުން ވަނީ ބަލައިނުގަނެ ތަޅުމުން ބޭރުކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު