ސިނަމާލެ ބްރިޖުގެ ހައިވޭގައި ކާރަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ، ހައިވޭގައި ކާރަކާއި ސައިކަލެއް އެކްސިޑެންޓު ހިނގައިގެން އުޅޭ ކަމަށާއި އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން ދާކަމަށެވެ. ހާދިސާގެ އިތުރު ތަފުސީލު ފުލުހުން ދީފައެއް ނުވެއެވެ. ނަމަވެސް، މައުލޫމާތު ލިބިފައިވާ ގޮތުގައި ސައިކަލު ދުއްވި މީހާއަށް ވަރަށް ބޮޑެތި އަނިޔާތަކެއް ލިބި މިހާރު ގެންދަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ.

އަދި އޭނާގެ ހާލު ސީރިއަސް ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.

މަންޒަރުދުއް މީހަކު ބުނީ، ސައިކަލު ދުއްވި މީހާގެ ގައިގެ އެކިތަންތަނުން ލޭ އަންނަތަން ފެނުންކަމަށާއި ލައިގެންހުރި ގަމީސްވެސް އެކި ތަންތަނުން އިރައިގެންގޮސްފައިވާކަމަށެވެ. އަދި އޭނާގެ ފަޔަށް ބޮޑު ގެއްލުމެއް ލިބިފައިވާކަމަށް ވެސް މަންޒަރުދުއް މީހަކު ކިޔައިދިނެވެ.

އެކްސިޑެންޓްވި ކާރާއި ސައިކަލަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު