މި ސަރުކާރުން މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯއްޗާއި ފްލެޓް ދިނުމުން ނަފްސާނީ ބަލިތައް މަދުވާނެކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ހުސައިން ޝަހީމް (އަނދުން ހުސެއިން) ވިދާޅުވެއްޖެއެވެ.
އަނދުން ހުސައިން މިހެން ވިދާޅުވީ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ބަހުސްކުރި ނަފްސާނީ ބަލިމަޑުކަމާއި ގުޅޭ ގަރާރަށް ބަހުސްކުރައްވަމުންނެވެ.
ހުސައިން ވިދާޅުވީ މާލޭގައި ތޮއްޖެހިގެން އުޅޭ ފަރާތްތަކަށް ރަނގަޅު ބޯހިޔާވަހިކަމެއް ހޯދައިދިނުމަށް މި ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން މާލެ ސަރަހައްދުން ގޯތި ދިނުމަށް ނިންމަވާފައިވާކަމަށެވެ.
ޝަހީމް ވިދާޅުވީ މިކަމުގެ ސަބަބުން އާއްމު ރައްޔިތުންގެ ދިރިއުޅުމަށް އަންނާނެ އުފާ ފާގަތިކަން އިހުސާސް ކުރެވޭކަމަށެވެ.
"ރައީސް ސާލިހުއަށް ތާއީދުކުރައްވަނީ މާލެ ސަރަހައްދުގެ ރައްޔިތުންނަށް ގެނެސްދެއްވާ ގޯތިގެދޮރުގެ އުފާވެރިކަމަށްޓަކައި." ހުސައިން ވިދާޅުވިއެވެ.
ހުސައިން ވިދާޅުވީ ހަމައެކަނި ބޭސް ގުޅައެއް ދީގެން ނަފްސާނީ ބަލިތައް ހައްލެއް ނުވާނެކަމަށެވެ. އަދި ނަފްސާނީ މައްސަލަތައް ހައްލުވެގެން އަންނާނީ އެމައްސަލަ ފެށިގެން އަންނަ ގޮތެއް އެނގިގެންކަމަށް އޭނާ ވިދާޅުވިއެވެ. އަދި ނަފްސާނީ ބަލިމަޑުކަން އަންނަ މައިގަނޑު ސަބަބުކަމަށްވާ ދިރިއުޅުމުގެ ފިކުރާއި އުޅެންޖެހޭ ހާލުގެ ނިކަމެތިކަމުން އަރައިގަތުމަށް ބޯހިޔާވަހިކަން މުހިއްމުކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"މާލެ ސަރަހައްދުން ދޫކުރާ 6000 އަށްވުރެ ގިނަ ގޯތި މާލެ ރައްޔިތުންެނަށް ދޫކުރުމުން ދެން ނިކުމެ ބައްލަވާށޭ ނަފްސާނީ ބަލިމަޑުކަމުގައި ޖެހިފައި ތިބި ރައްޔިތުންނަށް ލިބިފައިވާ ލުޔާއިި ބަލިމަޑުކަމުގެ ރޭޓް ދަށްވެގެންދާ މިންވަރު." އަނދުން ހުސައިން ވިދާޅުވިއެވެ.
މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓް ދޫކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު މިއަހަރުގެ ޖޫންމަހު ފްލެޓާއި ގޯތި ލިބޭ ފަރާތްތަކަށް ލިޔުން ހަވާލުކުރާނެކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު