މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 2 ލައްކަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 214985 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރީ 163684 ފަތުރުވެރިންނެވެ.

އެހެންކަމުން މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު 31.3 އިންސައްތަ އިތުރު އަދަދެކެެވެ.

މިއަހަރުގެ މިހާތަަނަށް ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާ އަދަދުތަކަށް ބަލާއިރު ޖެނުއަރީމަހު 172532 ފަތުރުވެރިން އަދި ފެބުރުއަރީމަހު 7ގެ ނިޔަލަށް ވަނީ 31922 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 6064 ފަތުރުވެރިން އާދެއެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ޢަދަދަކަށް ޒިޔާރަތްކުރީ ރަޝިއާ ފަތުރުވެރިންނެވެ. ރަޝިޔާ ފަހަތުން އުޅެނީ އިންޑިޔާ އާއި އިޓަލީއެވެ.

ސަރުކާރުން މިއަހަރަށް އަމާޒުހިފާފައިވަނީ 1.8 މިލިއަން ފަތުރުވެރިން ގެނެސް ފަތުރުވެރިކަމުގެ ރެކޯޑެއް ހެދުމަށެވެ.



ކިޔުންތެރިންގެ ހިޔާލު