ސަރުކާރުން ފެނާއި ނަރުދަމާ ގާއިމު ކުރުމަށް އެމްޑަބްލިއުއެސްސީ އާއި ހަވާލު ކޮށްފައިވާ ރަށްތަކުގެ މަސައްކަތް މި ދައުރު ނިމުމުގެ ކުރިން ނިންމަވާނެކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޙަސަން ޝާޙް ވިދާޅުވެއްޖެއެވެ.
މިރޭ ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން ޝާހް ވިދާޅުވީ، އެ ކުންފުންޏާއި ހަވާލު ކޮށްފައިވާ ފެނާއި ނަރުދަމާ ގާއިމު ކުރުމުގެ މަސައްކަތްތައް ވަރަށް ބާރު ސްޕީޑުގައި ކުރިއަށް އެބަ ދާކަމަށެވެ. އަދި އެކަމުގައި ރަށްރަށުގެ ކައުންސިލްތަކުން ވެސް ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބިގެން ދާކަމަށާއި، މި ދައުރުގެ ތެރޭގައި މި މަސައްކަތްތައް ނިންމޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތްކަމަށް ޝާޙް ވިދާޅުވިއެވެ.
"އިރާދަފުޅު ކުރެއްވިއްޔާ އެއްވެސް ޝައްކެއް ނުކުރަން، އެމްޑަބްލިއުއެސްސީއާއި ހަވާލުކޮށްފައި ހުރި ރަށްތައް ހަމަ އިރާދަފުޅު ކުރެއްވިއްޔާ ނިންމާނަން އިނގޭތޯ. މި ދައުރުގައި ނިންމާނަން." ޝާހް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި ދައުރުގެ ތެރޭގައި ނިންމުމޭ ވިދާޅުވަނީކީ ކޮންމެހެން މި އަހަރުގެ ސެޕްޓެމްބަރު ހިސާބުގައި ނިންމާ ވާހަކަ ނޫންކަމަށާއި އޭގެ ކުރިން ވެސް މަސައްކަތްތައް ނިންމާލުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުން ކަމަށެވެ.
މަޝްރޫއުތައް ބާރަށް ކުރިއަށް ދިޔަނަމަވެސް، ބައެއްކަހަލަ ޓެކްނިކަލް މަސައްކަތްތައް ކުރަން ބޭނުންވާ މުވައްޒަފުން ހޯދުމުގައި ދަތިތަކެއް ދިމާވާކަން ޝާހް ފާހަގަ ކުރެއްވިއެވެ. އެގޮތުން ހާއްސަކޮށް އިލެކްޓްރީޝަނުން ހޯދުމުގައި ދިމާވާ ދަތިތައް ފާހަގަ ކުރެއްވިއެވެ.
އެމްޑަބްލިއުއެސްސީން މިހާރުވެސް ދަނީ 1.4 ބިލިއަން ރުފިޔާގެ ފެނާއި ނަރުދަމާގެ މަޝްރޫތައް އެކި ރަށްރަށުގައި ހިންގަމުންނެވެ. އެ ކުންފުންޏަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ފެނާއި ނަރުދަމާގެ ވައުދުތައް ފުއްދުމުގައި އެންމެ އިސްރޯލެއް އަދާކުރަމުންދާ އެއް ކުންފުންޏެވެ.

ކިޔުންތެރިންގެ ހިޔާލު