ރާއްޖޭގެ ވެރިކަން ބޭނުންފުޅުވެގެން ނޫޅުއްވާ ކަމަށާއި އެމަނިކުފާނަށް މުހިންމީ ދިވެހިންގެ ހެވާއި ލާބައަށް މަސައްކަތް ކުރެއްވުން ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޖުމުހޫރީ ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވީ، އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރައްވަނީ ގައުމުގެ ކަންކަން އިސްލާހު ކުރެއްވުމަށް ކަމަށެވެ. އާ ގާނޫނު އަސާސީގެ ދަށުން ވެރިކަމަށް އައި ހުރިހާ ސަރުކާރުތަކެއް ވެރިކަމަށް ގެނައުމުގައި އިސްދައުރެއް އަދާކުރެއްވި ގާސިމް ވިދާޅުވީ އެމަނިކުފާނު އުޅުއްވަނީ ރާއްޖޭގެ ވެރިކަން ބޭނުންވެގެން ނޫން ކަމަށެވެ. އަދި އެމަނިކުފާނަށް މުހިންމީ ދިވެހިންގެ ހެވާއި ލާބައަށް މަސައްކަތް ކުރެއްވުން ކަމަށާއި، އެކަމަށް މަސައްކަތްޕުޅު ކުރެއްވޭ ކަމަށް ގަބޫލުފުޅު ކުރަށްވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
މީގެ އިތުރުން ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ގާސިމް ވިދާޅުވީ އެމަނިކުފާނުގެ އެހީތެރިކަމާއެކު ވެެރިކަމަށް އައިސް ކުރީގެ ސަރުކާރުތަކުން އެމަނިކުފާނަށާއި އެމަނިކުފާނުގެ ވިޔަފާރިއަށް ގެއްލުންދީފައިވާ ކަމަށެވެެ. އެގޮތުން އެކި ކަންކަމާ ގުޅުވައިގެން އެމަނިކުފާނު ޖަލަށް ލުމާއި ވިޔަފާރިއަށް ހުރަސް އެޅުމާއި "ތަކެތި ހިފެހެއްޓުން" ފަދަ އެތައް ކަމެއް ކޮށްފައިވާކަން ގާސިމް ވަނީ ފާހަގަކުރަށްވާފައެވެ.
މިސަރުކާރުގެ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް ވިދާޅުވީ އެމަނިކުފާނުގެ ވިޔަފާރިއަށް ދަތިވާ ގޮތަށް އަމަލުނުކުރާ އެއްވެސް ސަރުކާރެއް ރައީސް ސޯލިހްގެ ސަރުކާރު ފިޔަވާ ނެތް ކަމަށެވެ. އަދި ރައީސް ސޯލިހްގެ ސަރުކާރުގައި ވިޔަފާރިއަށް އެފަދަ ދަތިކަމެއް އުނދަގުލެއް އަދި ނެތް ކަމަށް ގާސިމް ވިދާޅުވިއެވެ. މީގެކުރީގެ ސަރުކާރުތަކާ ހިލާފަށް ރައީސް ސޯލިހްގެ ސަރުކާރުގައި އެމަނިކުފާނަށް ހަމަނޭވާލައިގެން އުޅުއްވުމުގެ ފުރުސަތު ލިބިވަޑައިގެންފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އެމަނިކުފާނު އިސްލާހަށް ކުރެއްވި މަސައްކަތްޕުޅުތަކާ ގުޅިގެން އެމަނިކުފާނަށް އަނިޔާ ލިބިވަޑައިގެންނެވި ނަމަވެސް މި ގައުމަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އަދި އެމަނިކުފާނު ފެއްޓެވި ތަފާތު ވިޔަފާރިތަކާ ގުޅިގެން އެކި ގޮތްގޮތުން ހެޔޮ ރަނގަޅު ގޮތްތަކާއި ފައިދާވީ ބޭފުޅުން ތިއްބަވާނެ ކަމަށާއި އޭގެ ތެރޭގައި ވިޔަފާވެރިން ހިމެނޭ ކަމަށް ވިލާ ގުރޫޕްގެ ޗެއާމަން ގާސިމް ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީން ބުނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަމަލުކުރާނެ ގޮތްތަކެއް މިމަހު ބާއްވާ ޖޭޕީގެ ގައުމީ ކޮންގްރެސްއަށް ފަހު ނިންމާނެ ކަމަށެވެ. ޖޭޕީގެ ކޮންގުރެސް މިމަހުގެ 24، އަދި 25 ވަނަ ދުވަހު ބޭއްވުމަށް އެޕާޓީގެ ކައުންސިލުން ވަނީ ފާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު