ބިދޭސީންނަށް ބިން ވިއްކާ އެގްރިމެންޓްތައް ކެންސަލްކުރެވޭނެކަމަށް އެމްއެންޕީގެ ނާއިބު ރައީސް އަހުމަދު ޝަރީފް (ސައިރިކްސް) ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވެފައި މިވަނީ ތިލަފުށިން އަލަށް ހިއްކާ ބިމުން 10 ޕަސަންޓް ބިދޭސީންނަށް ގަނެވޭ އުސޫލެއް ސަރުކާރުން އިއުލާންކުރުމުންނެވެ.
މިކަމަށް އިޝާރާތްކުރައްވައި ޝަރީފް ވިދާޅުވީ ތިލަފުށި ބިމުންވެސް، ހުޅުމާލެ ބިމުންވެސް، މީހުންދިރިއުޅޭ އެއްވެސް ރަށެއްގެ ބިމުންވެސް، އަދި އެރަށަކާ ގުޅިގެން އިތުރުކުރެވޭ އެއްވެސް ބިމަކުންވެސް ބިދޭސީންނަށް 99 އަހަރަށް ބިމެއް ވިއްކައިގެން ނުވަތަ ކުއްޔަށް ދީގެން ނުވާނެކަމަށެވެ. އަދި އެފަދަ އެގްރިމެންޓެއް ކެންސަލްކުރެވޭނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ބިދޭސީންނަށް ބިން ވިއްކާ މައްސަލައިގައި ބައެއް ފަރާތްތަކުން ފާޑުކީނަމަވެސް ތިލަފުށިން ވިއްކާ ބިމުގެ ބޮޑުބައި ވިއްކާނީ ކޮންޓްރޯލް ކުރެވޭ އަގެއްގައި ދިވެހިންނަށްކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އަދި ބޭރު މީހުންނަށް ވިއްކާނީ އެތަނުގެ 10 ޕަސަންޓްކަމަށްވެސް ސަރުކާރުން ބުނެއެވެ.
ސަރުކާރުން ބުނީ ބޭރުގެ ކުންފުނިތަކަށް އެދެވޭނީ ތިލަފުށިން ދޫކުރާ ބިންތަކުގެ ތެރެއިން މަދު ބިންތަކަކަށް ކަމަށެެވެ. އަދި އެއީ ވިއްކާ ބިންތަކުގެ 10 އިންސައްތަކަމަށްވެސް އެޗްޑީސީން ބުނެއެވެ. މީގެއިތުރުން ތިލަފުއްޓަކީ ސްޕެޝަލް އިކޮނޮމިކް ޒޯނެއް ނޫންކަން ފާހަގަކޮށް އެޗުޑީސީން ބުނީ ބޭރުގެ ވިޔަފާރިތަކުން ބިމަށް އެދި ހުށަހެޅުމުގައި ރާއްޖޭގެ ގާނޫނުތަކާއި ކަމާ ބެހޭ އުސޫލުތަކަށް އަމަލުކުރަން ޖެހޭނެކަމަށެވެ.

ތިލަފުށި ބިމުންވެސް، ހުޅުމާލެ ބިމުންވެސް، މީހުންދިރިއުޅޭ އެއްވެސް ރަށެއްގެ ބިމުންވެސް، އަދި އެރަށަކާ ގުޅިގެން އިތުރުކުރެވޭ އެއްވެސް ބިމަކުން ބިދޭސީންނަށް 99 އަހަރަށް ބިމެއް ވިއްކައިގެން ނުވަތަ ކުއްޔަށް ދީގެން ނުވާނެ، އެފަދަ އެގްރިމެންޓެއް ކެންސަލްކުރެވޭނެhttps://t.co/VqRx84ZBIQ
— Ahmed Shareef (@shar_f) February 8, 2023
ބިދޭސީންނަށް ބިން ވިއްކާ މައްސަލައިގައި ބައެއް ފަރާތްތަކުން ފާޑުކީނަމަވެސް ތިލަފުށިން ވިއްކާ ބިމުގެ ބޮޑުބައި ވިއްކާނީ ކޮންޓްރޯލް ކުރެވޭ އަގެއްގައި ދިވެހިންނަށްކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އަދި ބޭރު މީހުންނަށް ވިއްކާނީ އެތަނުގެ 10 ޕަސަންޓްކަމަށްވެސް ސަރުކާރުން ބުނެއެވެ.
ސަރުކާރުން ބުނީ ބޭރުގެ ކުންފުނިތަކަށް އެދެވޭނީ ތިލަފުށިން ދޫކުރާ ބިންތަކުގެ ތެރެއިން މަދު ބިންތަކަކަށް ކަމަށެެވެ. އަދި އެއީ ވިއްކާ ބިންތަކުގެ 10 އިންސައްތަކަމަށްވެސް އެޗްޑީސީން ބުނެއެވެ. މީގެއިތުރުން ތިލަފުއްޓަކީ ސްޕެޝަލް އިކޮނޮމިކް ޒޯނެއް ނޫންކަން ފާހަގަކޮށް އެޗުޑީސީން ބުނީ ބޭރުގެ ވިޔަފާރިތަކުން ބިމަށް އެދި ހުށަހެޅުމުގައި ރާއްޖޭގެ ގާނޫނުތަކާއި ކަމާ ބެހޭ އުސޫލުތަކަށް އަމަލުކުރަން ޖެހޭނެކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު