އެފްއޭއެމް 17 އަހަރުން ދަށުގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގައި ކ. ގުރައިދޫ ސްކޫލާއި ކަލާފާނު ސްކޫލް ބައްދަލުކުރި ސެމީފައިނަލްގެ މެޗުގައި ހިނގި ހަމަނުޖެހުމާއި ގުޅިގެން އެފްއޭއެމުން ފިޔަވަޅު އަޅައިފިއެވެ.

އެފްއޭއެމުން މިއަދު ބުނީ، އެ މެޗަށްފަހު ގުރައިދޫ ޓީމުގެ ކުޅުންތެރިންނާއި ބެލެނިވެރިންނާއި އޮފިޝަލުން ވެސް ހިމެނޭހެން ރެފްރީއަށް ހަމަލާދިން މައްސަލަވަނީ ބަލާފައި ކަމަށެވެ. އަދި އެ މައްސަލައިގައި، އެ މުބާރާތުގައި ރަޖިސްޓްރީކުރި ގުރައިދޫ ސްކޫލްގެ އެއްވެސް އޮފިޝަލަކަށް އަދި ކުޅުންތެރިން ވެސް ހިމެނޭހެން ކުރިއަށް އޮތް އެއް އަހަރަށް އެފްއޭއެމުން ރާވައި ހިންގާ ހުރިހާ މުބާރާތަކުން ސަސްޕެންޑްކޮށްފައިވާ ކަމަށް އެފްއޭއެމުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ގުރައިދޫ ޓީމްގައި ހިމެނޭ ތިން ކުޅުންތެރިއަކު ދެ އަހަރު ދުވަހަށް ސަސްޕެންޑް ކުރުމަށް ވެސް އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމެޓީން ވަނީ ނިންމާފައެވެ. އަދި އެފްއޭއެމުން ރާވާ ހިންގާ އެއްވެސް މުބާރާތެއްގައި ގުރައިދޫ ސްކޫލް ބައިވެރިވާނަމަ 10 މެޗު ހަމަވަންދެން އެ ޓީމުން ކުޅެން ޖެހޭނީ ސަޕޯޓަރުން ނުވައްދައި ކަމަށްވެސް ވަނީ ނިންމާފައެވެ.

ހަމަނުޖެހުން ހިންގި މެޗް ކަލާފާނު ސްކޫލުން ކާމިޔާބު ކުރީ 2 – 1 ގެ ނަތީޖާއަކުންނެވެ. އެ މެޗަށްފަހު ރެފްރީއަށް ހަމަލާދީ ރެފްރީފަހަތުން ދުވެ އޭނާގެ ޓީޝާޓަށް ދަމައި ފައިން ޖަހާ މަންޒަރުވެސް އާންމުވެފައިވާ ވީޑިއޯއިން ފެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން