ޒުވާނުނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ގައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން އެޗްޑީސީއާއެކު ކުރިއަށްގެންދިޔަ ޕްރޮގްރާމް ނިންމާލައިފިއެވެ.
އެޗްޑީސީން މައުލޫމާތުދޭ ގޮތުގައި ޔޫތު މިނިސްޓްރީއާ ގުޅިގެން ކުރިއަށްގެންދިޔަ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި 72 ފަރާތަކުން ބައިވެރިވިއެވެ. މިއީ އެޗްޑީސީން ކުރިއަށްގެންދިޔަ މިފަދަ 5 ވަނަ ޕްރޮގްރާމަށްވާއިރު މި ޕްރޮގްރާމް 4 މަސްދުވަހަށް ވަނީ ކުރިއަށްގެންގޮސްފައެވެ.
އެޗްޑީސީން މިފަހަރު ކުރިއަށްގެންދިޔަ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި 10 ދާއިރާއަކުން ޒުވާނުން ތަމްރީނުކޮށްފައިވާއިރު، އޭގެތެރޭގައި ހެވީ ވެހިކަލް، ވެލްޑިންގ، މޭޝަނަރީ، ގާރޑަނިންގ، އިލެކްޓްރިކަލް، ބިލްޑިންގ މެއިންޓެނަންސް، ކާޕެންޓްރީ، ޕްލަމްބިންގ، ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަން މެކޭނިކް އަދި ކޮންސްޓްރަކްޝަން ސައިޓް ސުޕަވިޝަންގެ ދާއިރާ ހިމެނެއެވެ.
އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު އާޠިފް ވިދާޅުވީ، ރާއްޖޭގެ މުހިންމު ސިނާއަތްތަކުގައި ބިދޭސީން ގިނަކަމަށާއި އެއީ އެންމެ ދުވަހަކުން ވެފައި އޮތް ކަމެއް ނޫންކަމަށެވެ.
އާތިފް ވިދާޅުވީ ސަރުކާރުން ކުރިއަށްގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ސަބަބުން ބިދޭސީންގެ އަތުގައި ހުރި ވަޒީފާތަކަށް ޒުވާނުންގެ ޝަޢުޤުވެރިކަން އުފެއްދޭނެކަމަށެވެ. އެހެންކަމުން ވަޒީފާގެ ބާޒާރަށް ޒުވާނުން ނެރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތަށް އެޗްޑީސީން ފުރިހަމަ އެއްބާރުލުން ދޭނެކަމަށް އާޠިފް ވިދާޅުވިއެވެ.
ސަރުކާރުން ކުރިއަށްގެންދާ ޤައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި މިދިޔަ އަހަރު އެންމެ ގިނައިން ޒުވާނުން ތަމްރީންކޮށްފައިވަނީވެސް އެޗްޑީސީންނެވެ.
މީހުން ބިނާކުރުމަށް ހިންގާ ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން އަންނަ އަހަރުގެ ނިޔަލަށް 3000 ޒުވާނުން ތަމްރީނުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.
ސަރުކާރުގެ ކުންފުނިތަކުގެ އިތުރުން ފަތުރުވެރިކަމުގެ ސިނާއަތަށް ވަރަށް އަވަހަށް މި ޕްރޮގްރާމް ފުޅާ ކުރެވިގެންދާނެކަމަށްވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އެގޮތުން މިހާރުވެސް ދެ ރިސޯޓަކުން އެކަމަށް ޝަޢުގުވެރިކަން ފާޅުކުރަމުން އަންނަކަމަށާއި މިއިން ކޮންމެ ރިސޯޓަކުން 100 ފުރުޞަތު ހުޅުވާލާފައިވާކަމަށް ސަރުކާރުން ބުނެއެވެ.

Our fifth Apprenticeship program has come to an end, with this year gaining us the highest apprentices among SOEs.#HDCApprenticeship2022 pic.twitter.com/MUpTgbMMiK
— HDC (@hdcmaldives) February 8, 2023
އާތިފް ވިދާޅުވީ ސަރުކާރުން ކުރިއަށްގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ސަބަބުން ބިދޭސީންގެ އަތުގައި ހުރި ވަޒީފާތަކަށް ޒުވާނުންގެ ޝަޢުޤުވެރިކަން އުފެއްދޭނެކަމަށެވެ. އެހެންކަމުން ވަޒީފާގެ ބާޒާރަށް ޒުވާނުން ނެރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތަށް އެޗްޑީސީން ފުރިހަމަ އެއްބާރުލުން ދޭނެކަމަށް އާޠިފް ވިދާޅުވިއެވެ.
ސަރުކާރުން ކުރިއަށްގެންދާ ޤައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި މިދިޔަ އަހަރު އެންމެ ގިނައިން ޒުވާނުން ތަމްރީންކޮށްފައިވަނީވެސް އެޗްޑީސީންނެވެ.
މީހުން ބިނާކުރުމަށް ހިންގާ ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން އަންނަ އަހަރުގެ ނިޔަލަށް 3000 ޒުވާނުން ތަމްރީނުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.
ސަރުކާރުގެ ކުންފުނިތަކުގެ އިތުރުން ފަތުރުވެރިކަމުގެ ސިނާއަތަށް ވަރަށް އަވަހަށް މި ޕްރޮގްރާމް ފުޅާ ކުރެވިގެންދާނެކަމަށްވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އެގޮތުން މިހާރުވެސް ދެ ރިސޯޓަކުން އެކަމަށް ޝަޢުގުވެރިކަން ފާޅުކުރަމުން އަންނަކަމަށާއި މިއިން ކޮންމެ ރިސޯޓަކުން 100 ފުރުޞަތު ހުޅުވާލާފައިވާކަމަށް ސަރުކާރުން ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު