ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި 2.6 ކިލޯގެ މަސްތުވާތަކެތި ދިވެހި ކަސްޓަމުން އަތުލައިގަނެފިއެވެ.
ކަސްޓަމުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ގަތަރުގެ ދޯހާއިން އިއްޔެ ރާއްޖެ އައި އުމުރުން 23 އަހަރުގެ އަންހެނެއްގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން ބެލިއިރު މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަދި އަތުލައިގަތް ތަކެތި ފުރަތަމަ މަރުހަލާގައި ތަހްލީލް ކުރިއިރު ކޮކެއިނަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މި މައްސަލަައިގައި އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި 2.6 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 6.5 މިލިއަން ރުފިޔާއަށް އަރާކަމަށް ކަސްޓަމުން މައުލޫމާތުދެއެވެ.
ކަސްޓަމުން ބުނީ މަސްތުވާތަކެތި އެތެރެކުރި މީހާ ރާއްޖެއަށް އެތެރެވިޔަ ނުދީ ފޮނުވާލައިފައިވާ ކަމަށެވެ. އެގޮތަށް އަމަލުކުރުމުގެ ބާރު އިމިގްރޭޝަން ކޮންޓްރޯލާއަށް ގަވާއިދަކުން މިހާރު ވަނީ ދީފައެވެ.
ކަސްޓަމުން ބުނީ އަތުލައިގަތް މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު