ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި މަޖިލީހުން މަސައްކަތް ކުރީ އަންހެނުންނާއި ފިރިހެނުން ގައިގޯޅިވުމަކީ "ނޯމަލް" ކަމެއް ކަމަށް ދައްކަން ކަމަށް ދީނީ އިލްމްވެެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.
އިޔާޒު މިހެން ވިދާޅުވީ ރިޔާސީ ބަޔާން އިއްވި ޖަލްސާގައި ނަން އިއްވި ފިރިހެން މެންބަރުން ތަޅުން ދޫކުރަށްވައި ނިކުމެވަޑައިނުގަތުމުން އެ މެމްބަރުން ތަޅުމުން ބޭރަށް ނެރުމަށް މަޖިލީހުގެ އަންހެން ސެކިއުރިޓީން މަސައްކަތް ކޮށްފައިވާ މައްސަލައަށް އިޝާރަތް ކުރަށްވަމުންނެެވެ. އަންހެން ސެކިއުރިޓީންނަށް އެ މެމްބަރުން ނެރުމަށް އަމުރުކުރެއްވީ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދެވެ.
ނަޝީދުގެ އަމުރަށް މަޖިލީހުގެ އަންހެން ސެކިއުރިޓީން ވަނީ ފިރިހެން މެމްބަރުންގެ އަތުގައި ހިފާ ދަމާ ގަދަކަމުން މަޖިލީހުން ނެރެން މަސައްކަތް ކޮށްފައެވެ. އެ ވީޑިއޯތައް ޝޯޝަލް މީޑިޔާގައި އާންމުވެ ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
އެކަމާ ގުޅިގެން އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ. މުހައްމަދު އިޔާޒު ވިދާޅުވީ އިއްޔެގެ ހާދިސާއަކީ މަޖިލީހުގެ ވެރިން އަންހެން ކަނބަލުންނަށް ކުރި ފުރައްސާރައެއް ކަމަށެވެ. އަދި އެއީ އަންހެނުންނާއި ފިރިހެނުން ގައިގޯޅިވެ އުޅުމަކީ އާދައިގެ "ނޯމަލް" ކަމެއްކަން ދެެއްކުމުގެ ބޭނުމުގައި ހިންގި ހަޑިމުޑުދާރު ޖަރީމާއެއް ކަމަށް ޑރ. އިޔާޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެފަދަ ކަންތައް ތަކްރާރުވިޔަ ނުދިނުމަށް އެންމެ މުހިއްމު ފިޔަވަޅެއް އަޅަންޖެހޭ އަދި އެޅުމުގެ ބާރު ލިބިގެންވަނީވެސް މަޖިލީހުގެ މެމްބަރުންނަށް ކަމަށެވެ. އެގޮތުން މަޖިލީހުގެ މެމްބަރުން އެބޭފުޅުން ބޭނުންފުޅު ގޮތަކަށް ޤަވާޢިދު ހެދޭނެ ކަމަށާއި ބަދަލުވެސް ކުރެވޭނެ ކަމަށް އިޔާޒު ވިދާޅުވިއެވެ.
މީގެ އިތުރުން އިޔާޒު ވިދާޅުވީ ނަން އިއްވުމުން މެމްބަރުން ނިކުމެވަޑައިނުގެންފިނަމަ ގަދަކަމުންވެސް ނެރޭނެކަން އެނގިތިބެ، އަދި އަންހެން ސެކިޔުރިޓީން އައުމުން އެކުދިންނަށް އިޙްތިރާމް ކުރުމެއްނެތި އެކުދިން ގައިގައި "ކޭތެން" މަސައްކަތް ނުކޮށް ރީތިކޮށް ނިކުމެގެންދާނީ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރެއްގެ ނަން އިއްވައި ޗެމްބަރުން ނެރެންޖެހޭ ހާލަތެއްގައި، އަންހެން ސެކިއުރިޓީން ލައްވާ އެކަން ކުރަން ނުޖެހޭގޮތަށް، މަޖިލީހުގެ ޤަވާއިދަށް އިޞްލާހެއް ހުށައެޅުމަށް މިހާރު ވަނީ ނިންމާފައެވެ. އެގޮތަށް އިސްލާހު ހުށައަޅުއްވަނީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމެެވެ.

އިއްޔެގެ ޙާދިޘާ އަކީ @mvpeoplesmajlis ގެ ވެރިން އަންހެން ކަނބަލުންނަށް ކުރި ފުރައްސާރައެއް. އަދި އަންހެނުންނާއި ފިރިހެނުން ގައިގޯޅިވެ އުޅުމަކީ އާދައިގެ "ނޯމަލް" ކަމެއްގެ ގޮތުގައި ދެއްކުވުމުގެ ބޭނުމުގައި ދުރާލާ ރާވައިގެން ހިންގި ހަޑިމުޑުދާރު ޖަރީމާ އެއް. https://t.co/VrWUpuyyA6
— Dr.Mohamed Iyaz (@dr_iyaz) February 7, 2023
އޭނާ ވިދާޅުވީ އެފަދަ ކަންތައް ތަކްރާރުވިޔަ ނުދިނުމަށް އެންމެ މުހިއްމު ފިޔަވަޅެއް އަޅަންޖެހޭ އަދި އެޅުމުގެ ބާރު ލިބިގެންވަނީވެސް މަޖިލީހުގެ މެމްބަރުންނަށް ކަމަށެވެ. އެގޮތުން މަޖިލީހުގެ މެމްބަރުން އެބޭފުޅުން ބޭނުންފުޅު ގޮތަކަށް ޤަވާޢިދު ހެދޭނެ ކަމަށާއި ބަދަލުވެސް ކުރެވޭނެ ކަމަށް އިޔާޒު ވިދާޅުވިއެވެ.
މީގެ އިތުރުން އިޔާޒު ވިދާޅުވީ ނަން އިއްވުމުން މެމްބަރުން ނިކުމެވަޑައިނުގެންފިނަމަ ގަދަކަމުންވެސް ނެރޭނެކަން އެނގިތިބެ، އަދި އަންހެން ސެކިޔުރިޓީން އައުމުން އެކުދިންނަށް އިޙްތިރާމް ކުރުމެއްނެތި އެކުދިން ގައިގައި "ކޭތެން" މަސައްކަތް ނުކޮށް ރީތިކޮށް ނިކުމެގެންދާނީ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރެއްގެ ނަން އިއްވައި ޗެމްބަރުން ނެރެންޖެހޭ ހާލަތެއްގައި، އަންހެން ސެކިއުރިޓީން ލައްވާ އެކަން ކުރަން ނުޖެހޭގޮތަށް، މަޖިލީހުގެ ޤަވާއިދަށް އިޞްލާހެއް ހުށައެޅުމަށް މިހާރު ވަނީ ނިންމާފައެވެ. އެގޮތަށް އިސްލާހު ހުށައަޅުއްވަނީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމެެވެ.
ކިޔުންތެރިންގެ ހިޔާލު