މ. އަތޮޅު ކޮޅުފުށީގައި 100 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ)އާއި މިއަދު ހަވާލުކޮށްފިއެވެ.

ކޮޅުފުށީގައި 100 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ)އާ ހަވާލުކޮށްފައިވަނީ ޕްލޭނިންގ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެެ. މި ރަސްމިއްޔާތުގައި އެކަމުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީ އާއި އާރްސީސީ އާއި ދެމެދު ވަނީ ސޮއިކޮށްފައެވެ. މި މަޝްރޫއަކީޕީއެސްއައިޕީ ބަޖެޓުން 117 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މަޝްރޫއެކެެވެ.

މިމަސައްކަތް އެ ކުންފުންޏާއި ހަވާލުކުރީ އެއް އަހަރު ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. ހައުސިން މިނިސްޓްރީން ބުނީ މި މަޝްރޫއުގައި ހިމެނޭ 100 ހައުސިންގ ޔުނިޓްގައި ތިން ކޮޓަރި ހިމެނޭއިރު، ތިން ފާހަނާއާއި، ސިޓިންގ ރޫމާއި ލޯންޑަރީ އާއި ކާގެ އާއި ބަދިގެ އަދި ސްޓޯރ ރޫމް ހިމެނޭ ކަމަށެވެ.

ކޮޅުފުށީގައި 1400 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮވެއެވެ.



ކިޔުންތެރިންގެ ހިޔާލު