އުފެދުމުގައި، އަދި އޭގެ ފަހުން ވެސް ކަންފަތް ބީރުވެ އަޑުއިވުމުން މަހުރޫމް ވެފައިތިބޭ މީހުންނާއި ވާހަކަ ނުދެއްކޭ ނުވަތަ މަންމަން މީހުން ރަނގަޅު ކުރާ ކަމަށް މަޝްހޫރު ކުރާ އިރާގުގެ ޑޮކްޓަރަކު ރާއްޖޭގައި ފަރުވާ ދިން މައްސަލަ ހެލްތު މިނިސްޓްރީން ބަލަން ފަށައިފިއެވެ.
އިރާގުގެ ޑޮކްޓަރު ޑރ. މާލާ އަލީ މަހުމޫދު ރާއްޖެ އައިސްފައިވަނީ މިދިޔަ މަހުގެ 29 ގައި ޓޫރިސްޓް ވިސާގައެެވެ. އޭނާ ރާއްޖެ އައިސް ހުރި ރަށެެއްގެ ކުޑަ ފިރިހެންކުއްޖަކު އެ އާއިލާގެ މެމްބަރުންގެ ކުރިމަތީގައި ރަނގަޅު ކުރާކަމަށް ބުނާ ވީޑިއޯއެއް ވަނީ އާންމުވެފައެވެ. މީގެ އިތުރުން ރާއްޖޭގައި އަޑުއިވުމުން މަހުރޫމް ވެފައިވާ ބައެއް މީހުން ރަނގަޅުކޮށްދޭކަމަށް ބުނާ ވީޑިއޯތަކެއްވެސް މީގެތެރޭގައި ހިމެނެއެވެ.
ބުނެވޭގޮތުގައި ޑރ. މާލާ އަލީ މަހުމޫދު، އުފެދުމުގައި، އަދި އޭގެ ފަހުން ވެސް ކަންފަތް ބީރުވެފައި ތިބި މީހުންނާއި މަންމަން މީހުން ރަނގަޅު ކުރަނީ ހަމައެކަނި ގުރުއާނުގެ އާޔަތްތަކެއް ކިޔެވުމަށްފަހު ދޭ ފަރުވާ އަކުންނެވެ.
ހެލްތު މިނިސްޓްރީން ބުނީ ޑޮކުޓަރު އެކަން ކޮށްފައި ވަނީ ހުއްދަ ނުހޯދާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ. ރާއްޖޭގައި އެފަދަ ކަމެއް ކުރާނަމަ ކަމާބެހޭ ފަރާތުން ހުއްދަ ނަގަންޖެހެއެވެ.
އެކަމަކީ އެއްވެސް ވަރަކަށް ދީނާ ގުޅުމެއް ބުރިކަމެއް ނޫން ކަމަށް ބުނެ، އޭނާއާ ދޭތެރޭ ސަމާލުވުމަށް ވެސް ބައެއް ދީނީ އިލްމުވެރިން މިއަދު ވަނީ އެދިފައެވެ.
އިރާގުގެ ޑރ. މާލާ އަލީ މަހުމޫދަކީ މަކަރު ހަދާ ކަމަށް ބުނެ ސައުދީ އަރަބިއްޔާއިން ޑީޕޯޓް ކޮށްލާފައިވާ މީހެކެވެ.
ޑރ. މާލާ އަލީ މަހުމޫދުގެ މައްސަލަ ހެލްތު މިނިސްޓްރީން ބަލަން ފަށާފައިވާއިރު، އޭނާ މިހާރު ވަނީ ރާއްޖެއިން ފުރާފައި ކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު