ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމަށް "ރައީސް" އޭ ކިޔުމަކީ ގާނޫނީ ކުށެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ރަސްމީ ޓްވިޓާ ހޭންޑްލް ޓެގްކުރައްވާ ނިހާދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ޔާމީނަށް ރައީސްގެ ނަމުން މުހާތަބު ކުރުމަކީ ގާނޫނީ ކުށެއް ކަމަށެވެ. ނަމަވެސް ނިހާދު މިމޭރުމުން ވިދާޅުވެފައިވަނީ ކޮން ގާނޫނެއްގެ ކޮން މާއްދާއަކަށް ރިއާޔަތްކުރަށްވައި ކަމެއް އޭނާ ހާމަކުރަށްވާފައެއް ނުވެއެވެ.
ޖަލު ހުކުމެއް ތަންފީޒު ކުރައްވާ ބޭފުޅެއްކަމަށްވާތީ ނިހާދު އެފަދައިން ވިދާޅުވިނަމަވެސް، ރާއްޖޭގައި ރައީސްކަން ކުރައްވާފައިވާ ކޮންމެ ބޭފުޅަކަށް ވެސް ގާނޫނުގައި ބުނާގޮތުން މުހާތަބު ކުރަންޖެހޭނީ "ރައީސް" ގެ ލަގަބު ކުރިއަށް ހިމަނައިގެނެވެ.
ޔާމީންގެ ސަރުކާރުގައި ހިނގާދިޔަ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ތެރޭގައި ވ. އާރަށް ވިއްކާލުމުގައި ކޮރަޕްޝަނާއި މަނީ ލައުންޑަރ ކުރުމުގެ ކުށް ސާބިތުވެ ޔާމިން މިހާރުވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުންނެވެ.
އޭގެ އިތުރަށް އަދިވެސް އެމަނިކުފާނުގެ މައްޗަށް ކުރާ އިތުރު ދައުވާތަކެއް ހުރުމާއެކު ޔާމީނަށް އިތުރު ޖަލު ހުކުމްތަކެއް އައުމަކީވެސް ގިނަ ބަޔަކު ލަފާކުރާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު