ކުރީގެ ރައީސް މުޙައްމަދު ނަޝީދަށްޓަކައި ގިނަބަޔަކު ގުރުބާނީތަކެއް ވެފައިވާކަމަށާއި، އެމީހުން މިހާރު އެދެނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރެއްވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
ނިހާދު މިއަދު ވިދާޅުވީ، އެމްޑީޕީއަކީ ވަރަށް ގިނަ ބައެއްގެ ލެޔާއި ފުރާނައާއި އުންމީދުތަކާއި ގުޅިފައިވާ ޕާޓީއެއް ކަމަށެވެ. އަދި އެމްޑީޕީ އުފެދިގެން ހޭދަވި 17 އަހަރު އެ ފަރާތްތަކުން ވަނީ ރައީސް ނަޝީދަށްޓަކައި އެތައް ގުރުބާނީތަކެއް ވެފައިކަމަށާއި މިއަދު އެ ރައްޔިތުން ރައީސް މުޙައްމަދު ނަޝީދުގެ އަރިހުން އެދެނީ ގައުމާއި ރައްޔިތުންނާއި ޕާޓީއަށްޓަކައި ޕާޓީގެ ޓިކެޓް ލިބުނު ކެންޑިޑޭޓާއިއެކު ހުންނެވުމަށް ކަމަށް ނިހާދު ވަނީ ވިދާޅުވެފައެވެ.
ނިހާދު މިހެން ވިދާޅުވެފައި މިވަނީ މިއަދަކީ ރައީސް ނަޝީދުގެ ވެރިކަން ދައުރު ފުރިހަމަ ނުވަނީސް ނިމިގެންދިޔަ ތާރީޚީ 7 ފެބްރުއަރީ ދުވަސްކަމަށްވާތީ އެ ދުވަހާއި ގުޅުވައިގެން ޝުޢޫރު ފާޅުކުރަށްވަމުންނެވެ. ރައީސް ނަޝީދުގެ ވެރިކަން ކުރިން ހީކުރިގޮތާއި ހިލާފަށް އިދިކޮޅުގެ ޕްރެޝަރާއި މަގުމަތީގެ ހަރަކާތްތަކާއެކު ނިމިގެން ދިޔުމުން އެމްޑީޕީގެ މެންބަރުން ވަނީ ނަޝީދާމަށް އަލުން ވެރިކަން ހޯދައި ދިނުމަށް ބޮޑެތި ގުރުބާނީތަކެއް ވެފައެވެ. އެގޮތުން، ޕްރައިމަރީއަކާއި ނުލާމައި 2018 ވަނަ އަހަރުގެ ރިޔާސީ ޓިކެޓް ރައީސް ނަޝީދަށް ހަވާލުކުރުން ފަދަ ކަންކަން ހިމެނެއެވެ.
އެންމެފަހުން ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ބޮޑު ތަފާތަކުން ރައީސް ނަޝީދު ވަނީ ބަލިވެވަޑައިގެންފައެވެ. ބަލިވެވަޑައިގެންނެވިކަމަށް ގަބޫލު ކުރެއްވިނަމަވެސް ރިޔާސީ އިންތިހާބުގައި ރައީސް ޞާލިޙަށް ތާއީދު ނުކުރައްވާނެކަމަށް ވިދާޅުވެ ނަޝީދު ގެންދަވަނީ ޕާޓީތެރޭގައި ވަކި ފިކުރެއް ކުރިއަރުވާން ވަކި ހަރަކާތެއް ހިންގަވަން ފައްޓަވާފައެވެ.

MDP akee varah gina baehge leyaai furaanha aai unmeedh thakaai gulhufai vaa party eh! E faraaih thakun faaithuvi 17 Aharu vanee RN ah takai ethah gurubaanee eh vefa! Miadhu e Rayyithun Edhenee gaumaai, Rayyithun + party ah takai party ticket Libunu Candidate aai eku hunnevumah! pic.twitter.com/yaXIvhK9XH
— Feydhoo Meehaa (Mohamed Nihad) (@nihad_m) February 7, 2023
އެންމެފަހުން ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ބޮޑު ތަފާތަކުން ރައީސް ނަޝީދު ވަނީ ބަލިވެވަޑައިގެންފައެވެ. ބަލިވެވަޑައިގެންނެވިކަމަށް ގަބޫލު ކުރެއްވިނަމަވެސް ރިޔާސީ އިންތިހާބުގައި ރައީސް ޞާލިޙަށް ތާއީދު ނުކުރައްވާނެކަމަށް ވިދާޅުވެ ނަޝީދު ގެންދަވަނީ ޕާޓީތެރޭގައި ވަކި ފިކުރެއް ކުރިއަރުވާން ވަކި ހަރަކާތެއް ހިންގަވަން ފައްޓަވާފައެވެ.
ކިޔުންތެރިންގެ ހިޔާލު