މަގު ބަންދުކޮށްގެން ކުރާ މަސައްކަތްތަކަށް ސިޓީ ކައުންސިލުން ނަގާ ފީ ބޮޑުކުރަން އެކުލަވާލި ދެ އުސޫލެއް ބާތިލް ކުރުމަށް ހައި ކޯޓަށް ސްޓެލްކޯއިން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ނިންމައިފިއެވެ.
ސްޓެލްކޯއިން ކޯޓަށް ހުށަހަޅާފައިވަނީ މަގު ކޮނުމާއި ޖަންކްޝަން ފަދަ ތަންތަނުގެ މަތި ނަގައިގެން ކުރާ މަސައްކަތާއި މަގު ބަންދު ކޮށްގެން ކުރާ މަސައްކަތަށް މާލޭ ސިޓީ ކައުންސިލުން ނަގާ ފީ 154 ޕަސެންޓު ބޮޑުކުރެވޭގޮތަށް އެ ކައުންސިލުން 2 ޖަނަވަރީ 2023 ގައި ގެޒެޓްކުރި އުސޫލްތަކާއި ގުޅިގެނެވެ.
އެ ކޯޓުގެ ރަޖިސްޓްރާ ނިންމާފައިވާ ނިންމުމުގައި ބުނެފައިވަނީ، ސިޓީ ކައުންސިލުން ފާސްކޮށްފައިވާ އުސޫލުތައް ގާނޫނާއި ހިލާފުވާ ގޮތެއް ސްޓެލްކޯއިން ހުށަހެޅި މައްސަލައިގައި ބުނެދެވިފައި ނުވާކަމަށެވެ.
ސްޓެލްކޯއިން ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، ސިޓީ ކައުންސިލްގެ ދެ އުސޫލަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޖެއްސުންކޮށް ލިބޭ ހިދުމަތްތަކުގެ އަގު ބޮޑުކުރުމުގެ ނިޔަތުގައި ގާނޫނާއި ހިލާފަށް އަމަލުކުރަން ފެށި ދެ އުސޫލެއް ކަމަށެވެ.
އަދި މި މައްސަލާގައި މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަރީފް ވަނީ، ކުރިން 60 ރުފިޔާ ނެގި ބައެއް ހިދުމަތްތަކުން 200 އަދި ރޯޑްބްލޮކްވާ ގޮތަށް ބަހައްޓާ ބޯޑުން ކުރިން 150ރ. ނަގަމުންގޮސް 300 ރުފިޔާއަށް ބޮޑުކޮށްލުމަކީ ރައްޔިތުންނަށް އޭގެ ސަބަބުން ބޮޑެތި ދަތިތަކާ ކުރިމަތިވާނެ ކަމެއްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު