2012 ވަނަ އަހަރުގެ ފެބްރުއަރީ 7 ގައި ރާއްޖޭގައި ހިންގި ކަންކަމުގައި އެމްއެންޕީގެ ލީޑަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް އަދާކުރެއްވީ ގައުމަށް ހިދުމަތްކޮށްދީފައިވާ ދަރިއެއްގެ ޒިންމާކަމަށް އެޕާޓީގެ ނާއިބު ރައީސް އަހުމަދު ޝަރީފް (ސައިރިކްސް) ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ މީގެ 11 އަހަރު ކުރިން 7 ފެބްރުއަރީގައި ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ސިފައިންގެ މައިމަރުކަޒަށް ވަދެވަޑައިގެންނެވި ގޮތާއި ގުޅޭގޮތުން ސޯޝަލް މީޑިޔާގައި މީހަކު ސުވާލު އުފެއްދުމުންނެވެ.
"ސިފައިންގެ މައި މަރުކަޒަށް ނާޒިމާއި ރިޔާޒަށް ވަދެވުނު ގޮތެއް ނުވިސްނުނު. އެއްވެސް ހައިސިއްޔަތެއް އޮތް ބައެއް ނޫން މީކީ." އާއްމުންގެ މީހަކު ކުރި ޓްވީޓެއްގައި ސުވާލު އުފައްދާފައި ވެއެވެ.
އެ ޓްވީޓަށް ރައްދު ދެއްވަމުން ނާޒިމް ލީޑަރަކަށް ހުންނަވާ އެމްއެންޕީގެ ނާއިބު ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ނާޒިމް އެދުވަހު އަދާކުރީ ދިވެހި ގައުމަށް ހިދުމަތްކޮށްދީފައިވާ ދަރިއެއްގެ ޒިންމާކަމަށެވެ.
"އެދުވަހު ނާޒިމްގެ ދައުރެއް ނެތްނަމަ ފުލުހުންނާ ސިފައިން އިތުރަށް ކުރިމަތިލައި، ކޮމާންޑާ އިންޗީފް ގެ ކޮމާންޑް ގެއްލި މުޅިރާއްޖޭގައި ދާހިލީ ހަނގުރާމައެއް ހިނގައިދިއުމުގެ ފުރުސަތު އުފެދިގެން ދިޔައީސް." ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އެދުވަހު ސިފައިންގެ ތެރެއިން ފެނުނީ ވެރިމީހާގެ ކޮންޓްރޯލް ގެއްލިފައި އޮތް މަންޒަރުކަމަށެވެ.
"އެދުވަހު (7 ފެބްރުއަރީގައި) ކޮމާންޑާ ހުންނެވީ މަރުކަޒުގެ ތެރޭގައި އޭނާގެ މޭޖަރުންނާ، ކެޕްޓަނުންނާ، އޭނާގެ ހޯމް މިނިސްޓަރާ އެކުގައި ކޮމާންޑް އޮޕަރޭޝަނުގައި، ބޭރުގައިތިބީ ކޮމާންޑް ގެއްލިފައިތިބި ފުލުހުންނާ ސިފައިން، ދެންތިބީ ވެރިކަން ފެށިގެން އަންނަ ބާރުކަމުގައިވާ ރައްޔިތުން، ފުރިހަމަ ކުރީ ކޮމާންޑަރު." ޝަރީފް ވިދާޅުވިއެވެ.
2012 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ 7 ވަނަ ދުވަހު އޭރުއޮތް ސަރުކާރާ ދެކޮޅަށް ހިންގި ސިޔާސީ ހަރަކާތްތަކަށް 11 އަހަރު ވެފައިވާއިރު އަދިވެސް އެކަމުގައި ދިވެހިންގެ މެދުގައި ޚިޔާލުތަފާތުވުން ބޮޑެވެ. އެއް ބަޔަކު ބުނާގޮތުން އެއީ ރައީސް ނަޝީދަށް އިސްތިއުފާ ދޭން މަޖުބޫރުކުރުވި ބަޣާވާތެކެވެ. އަނެއް ބަޔަކު ބުނާގޮތުން ރައީސް ނަޝީދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވީއެވެ.

ނާޒިމް އެދުވަހު އަދާކުރީ ދިވެހި ގައުމަށް ހިދުމަތްކޮށްދީފައިވާ ދަރިއެއްގެ ޒިންމާ،އެދުވަހު ނާޒިމްގެ ދައުރެއް ނެތްނަމަ ފުލުހުންނާ ސިފައިން އިތުރަށް ކުރިމަތިލައި،ކޮމާންޑާ އިންޗީފް ގެ ކޮމާންޑް ގެއްލި މުޅިރާއްޖޭގައި ދާހިލީ ހަނގުރާމައެއް ހިނގައިދިއުމުގެ ފުރުސަތު އުފެދިގެން ދިޔައީސް
— Ahmed Shareef (@shar_f) February 7, 2023
ޝަރީފް ވިދާޅުވީ އެދުވަހު ސިފައިންގެ ތެރެއިން ފެނުނީ ވެރިމީހާގެ ކޮންޓްރޯލް ގެއްލިފައި އޮތް މަންޒަރުކަމަށެވެ.
"އެދުވަހު (7 ފެބްރުއަރީގައި) ކޮމާންޑާ ހުންނެވީ މަރުކަޒުގެ ތެރޭގައި އޭނާގެ މޭޖަރުންނާ، ކެޕްޓަނުންނާ، އޭނާގެ ހޯމް މިނިސްޓަރާ އެކުގައި ކޮމާންޑް އޮޕަރޭޝަނުގައި، ބޭރުގައިތިބީ ކޮމާންޑް ގެއްލިފައިތިބި ފުލުހުންނާ ސިފައިން، ދެންތިބީ ވެރިކަން ފެށިގެން އަންނަ ބާރުކަމުގައިވާ ރައްޔިތުން، ފުރިހަމަ ކުރީ ކޮމާންޑަރު." ޝަރީފް ވިދާޅުވިއެވެ.
2012 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ 7 ވަނަ ދުވަހު އޭރުއޮތް ސަރުކާރާ ދެކޮޅަށް ހިންގި ސިޔާސީ ހަރަކާތްތަކަށް 11 އަހަރު ވެފައިވާއިރު އަދިވެސް އެކަމުގައި ދިވެހިންގެ މެދުގައި ޚިޔާލުތަފާތުވުން ބޮޑެވެ. އެއް ބަޔަކު ބުނާގޮތުން އެއީ ރައީސް ނަޝީދަށް އިސްތިއުފާ ދޭން މަޖުބޫރުކުރުވި ބަޣާވާތެކެވެ. އަނެއް ބަޔަކު ބުނާގޮތުން ރައީސް ނަޝީދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވީއެވެ.
ކިޔުންތެރިންގެ ހިޔާލު