މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލިބިދޭންޖެހޭ ރައްކާތެރިކަން ކަށަވަރުކޮށްދޭން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން، ބްރޯޑްކޮމުން ގޮވާލައިފިއެވެ.
ބްރޯޑްކޮމުން މިކަމަށް ގޮވާލީ އިއްޔެ އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރިއަށްގެންދިޔަ މުޒާހަރާ ރޫޅާލުމުގެ ތެރެއިން ބައެއް ނޫސްވެރިންނަށް އެކިވަރުގެ އަނިޔާ ލިބުމާއި ގުޅިގެނެވެ.
ބްރޯޑްކޮމުން ބުނީ ނޫސްވެރިންނަށް އަނިޔާވުމަކީ އެ ކޮމިޝަނުގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތްކަމެއްކަމަށެވެ. މީގެއިތުރުން ބައެއް ފަރާތްތަކުން ނޫސްވެރިންގެ މަސައްކަތަށް ހުރަސް އަޅާފައިވާތީ އެކަމުގައިވެސް ކޮމިޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ބްރޯޑްކޮމުން ބުނީ މިކަންކަމާއި ގުޅިގެން މޮނިޓަރިންގ މަސައްކަތަށް ހާއްސަ ސަމާލުކަމެއްދޭނެ ކަމަށެވެ. އަދި ނޫސްވެރިންނަށް ކުރިމަތިވާ ހުރަސްތައް ނައްތާލައި، ނޫސްވެރިންގެ ވާޖިބު އަދާކުރުމަށް ފުރިހަމަ ފަހި މާހައުލެއް ޤާއިމްކޮށްދީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްވެސް ބްރޯޑްކޮމުން ގޮވާލިއެވެ.
މީގެއިތުރުން މުޒާހަރާތަކާއި އެއްވުންތައް ކަވަރކުރާ ނޫސްވެރިންވެސް އަހުލާގީ މިންގަނޑު ހިފެހެއްޓުމަށް ބްރޯޑްކޮމްގެ ބަޔާނުގައި ގޮވާލާފައިވެއެވެ. އަދި މުޒާހަރާތައް ކަވަރކުރާ ނޫސްވެރިން ބްރޯޑްކޮމުން ދޫކުރާ އެކްރެޑިޓޭޝަން ކާޑު ފެންނަގޮތަށް ގެންގުޅުމަށްވެސް ކޮމިޝަނުން އިލްތިމާސްކޮށްފައިވެއެވެ.
އިދިކޮޅު ފަރާތްތަކުން އިއްޔެ ކުރިއަށްގެންދިޔަ މުޒާހަރާ ރޫޅާލުމުގެ ތެރޭގައި އަނިޔާވި ނޫސްވެރިއެއް އިތުރު ފަރުވާއަށް ވަނީ ރާއްޖެއިން ބޭރަށް ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު