އިދިކޮޅު ޕާޓީތަކުގެ ލީޑަރުންނަށް ދިމާވެފައިވާ ނަފްސާނީ މައްސަލަތައް ހައްލުކުރަންޖެހޭކަމަށް މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު މިހެން ވިދާޅުވީ އެމްއެންޕީގެ ޕާލިމެންޓްރީ ގުރޫޕުގެ މެމްބަރު އަދި ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު، ނަފްސާނީ ބަލީގެ ފަރުވާ އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަށް ގޮވާލާ ހުށަހެޅި ޤަރާރަށް ބަހުސްކުރައްވަމުންނެވެ.
ޒަރީރު ވިދާޅުވީ މީހަކު ނަފްސާނީ ބަލިމަޑުކަމުގެ ތެރެއަށް ވެއްޓެނީ ހަމައެކަނި އިޖްތިމާއީ މައްސަލަތަކާއި ހެދީ ނޫންކަމަށެވެ. އަދި ސިޔާސީ ގޮތުން ދިމާވާ ކަމެއްގެ ސަބަބުންވެސް އިންސާނާ ނަފްސާނީވާކަމަށްވެސް ޒަރީރު ވިދާޅުވިއެވެ.
"ރާއްޖެއަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ނަފްސާނީ ބަލިމަޑުކަމަކީ ސިޔާސީ ގޮތުން އިދިކޮޅު ޕާޓީތަކުގެ ލީޑަރުން.. ހާއްސަކޮށް ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުންނަށް ނަފްސާނީ ގޮތުން ދިމާވެފައިވާ ބަލިމަޑުކަން. އެ ބޭފުޅުންގެ ސިކުނޑީގައި މައްސަލައެއް ނޫޅޭނަމަ މަޖިލީހުން އިއްޔެ ފެނިގެންދިޔަ މަންޒަރުތައް ފެންނާނެކަމަށް ޤަބޫލެއް ނުކުރަން." ޒަރީރު ވިދާޅުވިއެވެ.
ޒަރީރު ވިދާޅުވީ ސިޔާސަތަށް އެންމެ ބޮޑަށް ގެންނަންޖެހޭ ބަދަލުތަކުގެ ތެރޭގައި ސިޔާސީގޮތުން ނަފްސާނީވަމުންދާ ބޭފުުޅުން ރަނގަޅުކުރެވޭނެ މެކޭނިޒަމެއް ޤާއިމްކުރަންޖެހޭ ކަމަށެވެ. އަދި އެކަމަށް ފަރުވާދޭނެ ނިޒާމެއް ހޯދަންޖެހޭކަމަށާއި އެއީ ޤައުމަށް ކުރިމަތިވެފައިވާ ބޮޑު މައްސަލައެއްކަމަށް ޒަރީރު ވިދާޅުވިއެވެ.
"އިދިކޮޅުން މުޒާހަރާކުރަނީ ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލަމުން ނަމަވެސް މުޒާހަރާގެ ވަކި ހިސާބަކުން އަވަށްޓެރި ޤައުމުތަކަށް އެއްޗެހި ގޮވާ މަންޒަރު ފެންނަމުންދަނީ. މިއީ ސިޔާސީ މަސައްކަތެއް ނޫން. މިއީ ސިޔާސީގޮތުން ނަފްސާނީވެފައި ތިބި ބައެއް." ޒަރީރު ވިދާޅުވިއެވެ.
ޒަރީރުގެ ވާހަކައިގައި ވަނީ ޕީޕީއެމް ޕީއެންސީގެ ބޭފުޅުންނަށް ނަފްސާނީގޮތުން ދިމާވެފައިވާ ކަންކަމަށް ފަރުވާދޭންޖެހޭކަމަށްވެސް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު