ބ.އަތޮޅު ފަޅުރަށެއްގައި ވެލާތަކެއް ހިފައި، އެއެއްޗެހި މެރި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުން ދޫކޮށްލީ ބަޔާން ނެގުމަށްފަހުކަމަށާއި، އެ މީހުންގެ ތަހުޤީޤްކުރިއަށްދާކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ، އިޕީއޭއިން ބުނެފިއެވެ.

ވެލާތަކެއް ފަޅައިގެން، އޭގެ މަސް ކައްކަން ތިބި ބަޔަކު ފުލުހުން އަތުލައިގަތީ މިމަހުގެ 3 ވަނަ ދުވަހުއެވެ. އެ ރަށުން 5 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް އެ ދުވަހު ގެންދިޔައެވެ. ނަމަވެސް ހައްޔަރުނުކޮށް ދޫކޮށްލުމުން ގިނަ ބަޔަކު ވަނީ ފާޑު ކިޔާފައެވެ.



މިކަމާއި ގުޅިގެން އީޕީއޭއިން ކުރި ޓްވީޓެއްގައި ބުނީ އެކަމުގައި ހަރަކާތްތެރިވި 5 މީހުން ހައްޔަރުނުކޮށް, ބަޔާން ނެގުމަށްފަހު ދޫކޮށްލީ ގާނޫނީ މަރުހަލާ ކުރިއަށް ދާތީކަމަށެވެ. އަދި އިތުރު ފިޔަވަޅެއް އަޅާނީ ޤާނޫނީ މަރުހަލާ ނިމުމުންކަމަށްވެސް އީޕީއޭއިން ބުނެއެވެ.

ބ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ކެޔޮދޫގައި ވެލާ ފަޅާކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެރަށަށް ދިޔައިރު ވެލާ ފަޅައި އޭގެ ތެޔޮކުނޑި ހޭނުމުގެ މަސައްކަތް ކުރިއަށްދިޔަކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު