މޭ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ސިއްޙީ ދާއިރާގެ މުސާރަ ބޮޑުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ވިދާޅުވެއްޖެއެވެ.
މިއަހަރަށް މަޖިލިސް ހުޅުވައިދެއްވަން އިއްވެވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މުސާރައާއި ގުޅޭގޮތުން މިދިޔަ އަހަރު ގެނެވުނު ހެޔޮ ބަދަލާއެކު އާއިލާތަކުގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުވެއްޖެކަމަށެވެ. ރައީސް ވިދާޅުވީ ތަޢުލީމީ ދާއިރާގެ ޕޭ ހާމަނައިޒްކޮށް، ސަރުކާރުން އިޢުލާނުކުރި ތާރީޚާއި އެއްގޮތަށް މުސާރައަށް ބޮޑު ބަދަލެއް ގެނެސްފައިވާކަމަށެވެ.
"އިރާދަކުރެއްވިއްޔާ އަންނަ މޭ މަހުގެ 1 އިން ފެށިގެން ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުވެގެންދާނެެ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މުސާރައާއި ގުޅޭގޮތުން މިދިޔަ އަހަރު ގެނެވުނު ހެޔޮ ބަދަލާއެކު އާއިލާތަކުގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުވެއްޖެކަމަށެވެ. އެގޮތުން ރައީސް ދެންނެވިގޮތަށް ތަޢުލީމީ ދާއިރާގެ ޕޭ ހާމަނައިޒްކޮށް، ސަރުކާރުން އިޢުލާނުކުރި ތާރީޚާއި އެއްގޮތަށް މުސާރައަށް ބޮޑު ބަދަލެއް ގެނެސްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ޚިދުމަތުގެ މައި ދާއިރާތަކުގެ މުވައްޒަފުންގެ ޚިދުމަތަށް އެކަށީގެންވާ މުސާރައެއް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙުގެ ވަޢުދެކެވެ. އެގޮތުން ތަޢުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށްފަހު، ދެން ބޮޑު ކުރައްވާނީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަކަން ރައީސުލްޖުމްހޫރިއްޔާ ވަނީ މިދިޔަ އަހަރު ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު