އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ޑިޖިޓަލައިޒްކޮށް ޑިޖިޓަލް ލައިސަންސް ރޭ ތައާރަފްކޮށްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިދިޔަ ހަފްތާއެއްހާ ދުވަސްތެރޭ އޮތީ އާ ސިސްޓަމަށް ބަދަލު ވުމުގެ މަރުހަލާ ކުރިއަށް ގެންދިއުމަށްޓަކައި ލައިސަންސް ދޫކުރުމުގެ ހިދުމަތް މެދުކަނޑާލާފައެވެ. އަދި ސިސްޓަމަށް ބަދަލުތައް ގެނެސް މިނިސްޓްރީއިން ރޭ ވަނީ ޑިޖިޓަލް ލައިސެންސެއް ތައާރަފްކޮށްފައެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިޖިޓަލް ލައިސަންސް ދޫކުރާ، ސަވާރީ އިންފޮމޭޝަން މެނޭޖްމެންޓް ސިސްޓަމް (ސިމްސް) ބޭނުންކުރާނޭ ގޮތް ވަނީ ދައްކާލައިފައެވެ. އެގޮތުން، އީފާސް ޕޯޓަލް އަދި ޕޮލިސް ޕޯޓަލް މެދުވެރިކޮށް ލައިސަންސް ބަލާލެވޭއިރު ކާޑާއި އެކު އަރާ ކިއުއާރު ކޯޑު ސްކޭން ކޮށްލުމުން ލައިސެންސްގެ ހުރިހާ ތަފްސީލެއް ފެންނަން ހުރެއެވެ. އަދި ލައިސަންސަށް އޮންލައިންކޮށް ވެސް އެދެވޭނެ އިންތިޒާމު ވަނީ ޕޯޓަލްގައި ހަމަޖައްސާފައެވެ.
ލައިސަންސް ކާޑެއް ނެތަސް މިއަދުން ފެށިގެން ޕޮލިސް ޕޯޓަލްއިން ފެންނަ ލައިސަންސް ބަލައިގަންނާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
މި ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ ލައިސަންސް ޑިޖިޓަލައިޒް ކުރުމާއެކު މިއަދުން ފެށިގެން ލައިސަންސް ކާޑު ޕްރިންޓްކޮށް ކާޑް ހަވާލުކުރުން ހުއްޓާލާފައިވާ ކަމަށެވެ. ނަމަވެސް، ފޯނު ބޭނުންކުރަން އުނދަގޫ ފަރާތްތަކަށް، ލައިސަންސް ޕްރިންޓު ކުރުމުގެ އިހުތިޔާރު އޮންނާނެކަމަށާއި އެފަދަ ފަރާތްތަކުން ޕްރިންޓް ކޮށްގެން ލައިސަންސް ބޭނުންކުރެވިދާނެކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން މިއަދުން ފެށިގެން އަތުގައި ޕްލާސްޓިކް ލައިސަންސް ކާޑެއް ނެތިގެން ދެން ޖޫރިމަނާ ނުވާނެކަމަށާއި މި ހިދުމަތުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެން ދާނެކަމަށް އެ މިނިސްޓްރީންވަނީ ބުނެފައެވެ.
މިއީ މިފަދަ ހިދުމަތެއް ރާއްޖޭގައި ތަޢާރަފް ކުރި ފުރަތަމަ ފަހަރެވެ. ރާއްޖޭގެ ލައިސަންސް ކާޑަކީ މިހާރުވެސް ރާއްޖޭން ބޭރުގެ ބައެއް ގައުމުތަކުގައި ވެސް ބަލައިގަންނަ ފެންވަރު ރަނގަޅު ކާޑެކެވެ.

ކިޔުންތެރިންގެ ހިޔާލު