ޓެކްސް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ވިޕްލައިނާ ހިލާފުވި މައްސަލައިގައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމަށް ފިޔަވަޅު އަޅައި ވިޕާ ހިލާފުނުވުމަށް އަންގައިފިއެވެ.
ޓެކްސް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށައެޅިބިލު ފާސް ކުރުމަށް އެމްޑީޕީން ތްރީލައިން ވިޕެއް ނެރެފައިވަނިކޮށް އެވިޕާ ޚިލާފަށް އެމްޑީޕީގެ 14 މެމްބަރުން ވަނީ ވޯޓް ދެއްވާފައެެވެ. ވިޕާ ޚިލާފުވި މެމްބަރުންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޕީޖީ ލީޑަރު މުހައްމަދު އަސްލަމް މީގެ ކުރިން ވަނީ ދެއްވާފައެވެ.
އާޒިމަށް އެޑްރެސްކޮށް އެމްޑީޕީ ޕީޖީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ ކުރިން ހުއްދައަށް އެދުމަކާ ނުލާ ތްރީލައިން ވިޕަށް އަމަލު ކުރުމަށް މަޖިލީހަށް ހާޒިރު ނުވުމާއި ވޯޓުގައި ބައިވެރި ނުވުމަކީ ކުށެއް ކަމަށެވެ. އެގޮތުން ވިޕްލައިނާ ހިލާފު ނުވުމަށާއި ވިޕްލައިނާ އެއްގޮތަށް ވޯޓު ދިނުމަށް އާޒިމަށް އަންގާ ކަމަށް އެސިޓީގައި ވިދާޅުވެފައިވެއެވެ.
މަޖިލީހުގެ ނިމިގެންދިޔަ ދައުރުގައި ޓެކްސް ބޮޑުކުރުމަށް ހުށައެޅި ބިލު މަޖިލީހުން ފާސްކުރީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެވަގުތު ތިއްބެވި 82 މެންބަރުންގެ ތެރެއިން 55 މެމްބަރުން ވޯޓުންނެެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް 26 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު