ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ މޫނުފުޅަށް ކުޅު ޖެހި މީހަކަށް ބައިލައްކަ ރުފިޔާ ދޭނެ ކަމަށް ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވި މައްސަލައިގެ ތަހުގީގަށް ފުލުހުންގެ އިދާރާއަށް އޭނާ ހާޒިރުވާން އަންގައިފިއެވެ.
މުސްތަފާ ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފައިވަނީ މާދަމާރޭ 09:40 އަށެވެ. ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގައި ފުލުހުން މިހާރު ވަނީ އޭނާއަށް ޗިޓް ފޮނުވާފައެވެ. މުސްތަފާ ވިދާޅުވީ ދެރައީ މިރޭ އޭނާ ފުލުހަށް ހާޒިރުވާން ނޭންގުމުން ކަމަށެވެ.
މުސްތަފާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހުގެ މޫނަށް ކުޅުޖެހި މީހަކަށް ބައިލައްކަ ރުފިޔާގެ އިނާމެއް ދޭނެ ކަމަށެވެ.
އެ މައްސަލާގައި ފުލުހުން މިއަދު ބުނީ، މުސްތަފާގެ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެހެންކަމުން އެއާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާކަމަށް ވަނީ ބުނެފައެވެ.
ޓުވީޓާގައި އާންމުކޮށް ވަރަށް ހަޑިހުތުރު ބަހުން މުހާތަބުކުރަށްވާ މުސްތަފާއަކީ މިފަހަކަށް އައިސް ރައީސް ސޯލިހުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ. މުސްތަފާއަކީ ޔާމީންގެ ވެރިކަމުގައި މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި 12 މެންބަރުންގެ ތެރޭގައިވެސް ހިމެނޭ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު