ގދ. ނަޑެއްލާގައި މޫދަށް އެެރި އުޅުނު އުމުރުން ދުވަސްވީ މީހަކު ގެނބިގެން މަރުވެއްޖެ އެވެ.

މިހާދިސާގައި މަރުވެފައިވަނީ އެކަނި މަސް ހިފަން ގޮސް އުޅުނު އެ ރަށަށް ނިސްބަތްވާ އަބްދުﷲ އިބްރާހިމެެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ އޭނާ ހޯދަމުންދަނިކޮށް ފެނިފައިވަނީ އެރަށު މޫދު ކައިރީގައި މަރުވެފައި އޮއްވާ ކަމަށެވެ. އޭނާ މަރުވެފައި އޮއްވާ ފެނިފައިވަނީ މިއަދު މެންދުރު 13:30 ހާއިރު ކަމަށް ފުލުހުން މަައުލޫމާތުދެއެވެ.

އެނގިފަަައިވާގޮތުގައި މަރުވެފައި އޮއްވާ ފެނުނު މީހަކީ އާންމުކޮށް ދާ ހިފަައިގެން މަސް ހިފަން ދާ މީހެކެވެ. އެމީހާ މޫދޫގައި މަރުވެފަައި އޮއްވާ ފެނުނީ މިއަދު ފަތިހު މަސްހިފަން ދިޔަ ފަހުން މެންދުރުވީއިރު ވެސް ޚަބަރެއް ނުވާތީ އޭނާގެ ދަރިން އޭނާ ހޯދަމުންދަނިކޮށެވެ.

މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.



ކިޔުންތެރިންގެ ހިޔާލު