ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ މޫނަށް ކުޅުޖަހާ މީހަކަށް ބޮޑު ފައިސާގެ އިނާމެއް ދޭނެކަމަށް ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު މުސްތޮފާ ވިދާޅުވި މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
"ތިމަރަފުށި" ނަމުގައި ހިންގާ ޓްވިޓާ އެކައުންޓަކުން މިއަދުވަނީ ރައީސް ޞާލިޙްގެ މޫނަށް ކުޅުޖެހި މީހަކަށް 50،000 ރުފިޔާ ދޭނެކަމަށް މުސްތަފާ ވިދާޅުވެފައެވެ. އެއީ މިހާތަނަށް މުސްތޮފާ ހިންގަމުންއައި ޓްވިޓާ އެކައުންޓެއްކަމަށްވެއެވެ.
އެ މައްސަލާގައި ފުލުހުން މިއަދު ބުނީ، އެ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެހެންކަމުން އެއާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާކަމަށް ވަނީ ބުނެފައެވެ.
މިފަދަ މައްސަލައެއް ފެންމަތިވެފައިވާއިރު، މީގެ ދެދުވަސްކުރިން މާލެ ސިޓީ ކައުންސިލްގެ ތަރުޖަމާނު، ޓްވީޓުކުރަން ނުތިބެ ލޭ އޮހޮރުވުމަކުންވެސް ވެރިކަން ނިންމަންވެއްޖެ ކަމަށް ވިދާޅުވެ ކުރެއްވި ޓްވީޓަކާއި ގުޅިގެން އެ މައްސަލަވެސް ފުލުހުން ދަނީ ބަލަމުންނެވެ. އަދި ފަހުން މައާފަށް އެދި ޓްވީޓް ޑިލީޓް ކޮށްލިނަމަވެސް އޭނާގެ ޓްވިޓާ އެކައުންޓް ޓްވިޓާއިން މިހާރުވަނީ ސަސްޕެންޑް ކޮށްފައެވެ.
އެކަކު އަނެކަކަށް އަނިޔާވެރިވުމަށް ގޮވާލާ މައްސަލަތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލާނެކަމަށް މީގެ ކުރިން ވެސް ފުލުހުންވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު